May 10, 2026
Advertisement
ސވިލް ސާވިސް ކޮމިޝަން
ސވިލް ސާވިސް ކޮމިޝަން / ސިވިލް ސާވިރސް ކޮމިޝަން

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
Feb 26, 2024, 07:42 PM
މާލެ ސިޓީ

މުސާރަ ބޮޑު ކޮށްދިނުމަށް އެދި ސިވިލް ސަރވަންޓުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

Advertisement

ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް ހަރަކާތެރިވި މީހަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕެޓިޝަން ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އަދި ރައީސް އޮފީހުން ޕެޓިޝަން ބަލައިގެންފައިވާއިރު، އެކަމާ ގުޅިގެން އަދި ވަކި ޖަވާބެއް ދީފައިނުވާކަމަށް އޭނާ ފާހަގަކުރެެއްވިއެވެ.

މި ޕެޓިޝަންގައި 432 އަށް ވުރެ ގިނަ ސިވިލް ސަރވަންޓުން ސޮއިކޮށްފައިވާއިރު ގިނައިން ސޮއިކޮށްފައިވަނީ މާލެ ސިޓީގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަށްތަކުގައި މަސައްކަތް ކުރާ ބައެއް ސިވިލް ސާވަންޓުންގެ ސޮއި ނުނަގައި ޕެޓިޝަން ހުށަހެޅީ ޕެޓިޝަން އަވަހަށް ހުށަހެޅުމުގެ ގޮތުން ކަމަށްވެސް އެމީހާ މައުލޫމާތުދިނެވެ.

މުސާރާތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރާނީ ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މީހުންނަށް ކަމަށާއި ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ދަށް މުސާރަ ލިބޭ މީހުންނަކީ ސިވިލް ސަރވަންޓުން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސިވިލް ސަރވަންޓުންނަށް އެލަވަންސެއް ބޮޑުކުރި ކަމަށްވެސް ފާހަގަކޮށް އޭނާ ވިދާޅުވީ މުސާރަ ބޮޑު ނުކުރާތާ އެތަކެއް އަހަރުތަކެއްވެފައިވާކަމަށެވެ.

ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޓީޗަރުންގެ މުސާރާ އާއި ނަރުހުންގެ މުސާރައިގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަ ވެސް މިހާރު ބޮޑުވެފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ސިވިލިސް ސާވަންޓުންގެ މުސާރަ ކުޑަވުމުން ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved