

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ރާއްޖޭގެ އަސްކަރިއްޔާ އަށް އިތުރު އުޅަނދުތައް މުއިއްޒު ހޯއްދަވާދެއްވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
މިގޮތުން ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވޭ އިރުވެސް، އަސްކަރީ އުޅަނދުތައް “ސްޓޮކް” ޖެހުމުގައި މި ސަރުކާރުން އަންނަނީ ހޭބޯނާރާ މަސައްކަތް ކުރައްވަމުންކަން ފާހަގަކުރެވެއެވެ.
އަސްކަރީ މަނަވަރުގެ އިތުރުން ޓޭންކަރުތަކާއި ޑްރޯންފަދަ ހަނގުރާމަ މަތީ އާލާތްތައް މުއިއްޒު އެއްކުރައްވަމުން ގެންދަވާތީ ދިވެހިރާއްޖެއިން ހަނގުރާމައަކަށް ތައްޔާރުވަނީތޯވެސް ސުވާލު އުފެދެއެވެ.
ގައުމީ ބޮޑެތި މައްސަލަތައް ހައްލު ނުކޮށްދެވި އެފަދަ މައްސަލަތަކަށް މުއިއްޒު މާ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ތަނެއް ފެނިގެން ނުދެއެވެ.
ރައްޔިތުންގެ ފަޅީގައި ހުރެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކުރާނެ ކަމަށް ވައުދުވެފައި ވިޔަސް ފެނިގެންދަނީ އަސްކަރީ ގޮތުން އުޅަނދުތައް އިތުރުކޮށް މުއިއްޒުގެ ދިފާއުގައި ސަލާމަތީ ބާރުތައް ވަރުގަދަ ކުރަމުންދާ މަންޒަރެވެ.
މުއިއްޒުގެ މިފަދަ ސިޔާސަތުތަކާއި ގުޅިގެން މިއީ މި ގައުމުން ނިއުކްލިއަރ އެނާޖީއާއި ދިމާލަށް އަޅާ ފިޔަވަޅެއެް ކަމަށް ބުނެ ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލްވެސް ވަނީ މަޖާޒީ ފާޑުވިދާޅުވެފައެވެ.
ރައްޔިތުން ބަނޑަށް ޖެހުނަސް ވެރި މީހާ ގަދަވެ ސަލާމަތުން ހުރުން މުއިއްޒަށް މާ މުހިއްމެވެ.