March 11, 2026
Advertisement
--
-- / ގެޓީ އިމޭޖަސް

ސްޕޯޓްސް މިނިސްޓްރީއަށް, ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި

Sudha Latheef
ސުދާ ލަތީފް
Aug 17, 2025, 07:50 PM
މާލެ ސިޓީ

ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަނެއްކާ ވެސް ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި އެވެ.

Advertisement

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކޮށްފައި ވަނީ ނ. ވެލިދޫ, މުހައްމަދު ނަވީޒު އެވެ.

އެ މަގާމަށް އޭނާ އައްޔަނު ކުރުމާ ގުޅިގެން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި ޕީއެންސީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ މުއިއްޒުގެ ވައުދެކެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި ތަފްސީލު ހާމަކުރަމުން ނުގެންދެ އެވެ. ސިޔާސީ މަގާމުތަކުގެ އަދަދު 3000 އާ ގާތްކުރާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރުމުން ސަރުކާރުން އިއުލާނުކޮށްފައިވަނީ މިހާރު ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމުގަ އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތަކުގެ ތެރެއިން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރަނީ ވަޒީރުންނާއި، ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކެވެ.

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި އަދާހަމަ ކުރުން ހުއްޓައިލީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށި ފަހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved