March 20, 2026
Advertisement
ޑރ. ޖަމީލު ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ސަރުކާރުން ބޭނުން ވަނީ، ވޯޓު ފޮށި މަތީގައި ބަނޑު އަޅައިގެން އޮތް ނިޒާމް އަނބުރާ ގެންނަން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 18, 2025, 01:01 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ވޯޓު ފޮށި މަތީގައި ބަނޑު އަޅައިގެން އޮތް ނިޒާމް އަނބުރާ ގެންނަން ކަމަށް ވިދާޅުވެ، ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ފައިބުޑަށް ދިވެހިން ވެއްޓި އާދޭސްކޮށް، ވޯޓު ފޮށި މަތީގައި ބަނޑު އަޅައިގެން އޮތް ނިޒާމް އަނބުރާ ގެންނަވަން ކަމަށެވެ.

ރައްޔިތުން ބަނޑަށް ޖައްސައި ފައިސާކޮޅަކުން ރައްޔިތުންގެ ވޯޓާއި އަގީދާ ގަތުމުގެ ފަލްސަފާ މި ސަރުކާރުން މިހާރު ފަށާފައިވާކަމަށްވެސް ޑރ ޖަމީލް ތުހުމަތުކުރައްވާފައިވެއެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ އަތުގައި ބާރު އޮތުން ކަނޑުވާލުމުގެ މަސައްކަތް މުއިއްޒު ކުރައްވަމުން އަންނަކަން ވެސް ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

އަޅުގަޑުމެން އެ ނިޒާމުތަކުން ރައްޔިތުން ބާރުވެރި ކުރުވާފައިވާ ވުމުގެ ބާރު މިހާރު ކަނޑުވާލައިފި. ކަނޑުވާލާފައި ބޯދާ އެއްކަލަ ރައްޔިތު މީހާ ވެރިމީހާ ކައިރިއަށް ގޮސް ސަލާން ޖަހައިގެން ވޯޓު ފޮށި މަތީގައި ބަނޑު އަޅައިގެން އޮތް އަތޮޅުވެރިކަމުގެ ވެރިކަން ގެންނަން އެ މަސައްކަތްކުރަނީ. ބޮޓޭކޯއާ ބާރަށު މައިކުމެން ފަދަ މީހުން ދެން މިދަނީ ފައިސާ ހިފައިގެން ރައްޔިތު މީހާ ބަނޑަށް ޖައްސާފައި ރައްޔިތު މީހާގެ ޟަމީރާ ރައްޔިތުންގެ ވޯޓާއި އަގީދާ ގަތުމަށް. ރައްޔިތުންގެ އީމާންތެރިކަމާ ދީން ގަންނަން. އެހާލަތަށް ގައުމު މި ވައްޓާލީ

ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވި، ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން "ބޮޑު ތަދު" އަތުވެއްޖެ ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށާއި ރައްޔިތުން ހަގީގަތުގައިވެސް މިހާރު އިހުސާސް ކުރަމުންދަނީ ބޮޑު ތަދުގެ ތަކުލީފުތައް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved