theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
މުއިއްޒު އާއި އެންމެ ކައިރީގައި ތިއްބަވާ ބޭފުޅުންވެސް އެއްބަސްވޭ މުއިއްޒަކީ ދޮގުވެރިއެއްކަމަށް: ޖަމީލް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
18 އޯގަސްޓު 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަކީ ދޮގުވެރިއެއްކަމަށް މުއިއްޒުއާއި އެންމެ ކައިރީގައި ހަރަކާތްތެރިވާ ބޭފުޅުންވެސް އެއްބަސްފުޅުވަ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ މުއިއްޒު އާއި ކޯލިޝަން ހައްދަވާފައިވާ ސިޔާސީ ޕާޓީތަކުންވެސް 2023 ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެ ޕާޓީތަކުން ގޮތް ނިންމަވަން ބާއްވާފައިވާ ޖަލްސާތަކުގައި މުއިއްޒަކީ ދޮގުވެރިއެއް ކަމަށާއި އަދި މުއިއްޒު ވެރިކަމަށް ހޮވުމަކީ ހެދޭނެ ބޮޑު ގޯހެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ގައުމުގެ ސިޔާސީ މަސްލަހަތަށްޓަކައި ޕާޓީތަކުގެ ނަން ހާމަނުކުރައްވާ ޖަމީލް ވިދާޅުވީ އެ ބޭފުޅުންވެސް މުއިއްޒަށް ވޯޓު ދެއްވީ ރައީސް ޔާމީންގެ ހައްގުގައި އެމަނިކުފާނު މިނިވަންކޮށްދީ އެމަނިކުފާނަށް އިންސާފު ހޯއްދަވާދެއްވާނެ ކަމަށް މުއިއްޒު އެތަކެއް ފަހަރު މަތިން ވިދާޅުވެފައިވާތީއެވެ.

މުއިއްޒު ދަންނަ މީހުން މި ބުނަނީ އޭނާ އަކީ ދޮގުވެރިއެކޭ، އޭނާ ދޮގު ހަދާނޭ، ހެޔޮ ނުވާނޭ މުއިއްޒު ވެރިކަމަށް ގެންނަން.

- ޖަމީލް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް ބާއްވާފައިވާ ރިޔާސީ ބަހުސްއަކީ އެ ކެންޑިޑޭޓުންނާއި ދިވެހި ރައްޔިތުންނާއި ދެމެދު ވެވޭ އަހުދެއް ކަމަށާއި މުއިއްޒުގެ ވާހަކަތަކަށް އިތުބާރުކުރައްވާ ރައްޔިތުން ދިން ވޯޓަށް މުއިއްޒު އިހުމާލުވެ ދިވެހި ރައްޔިތުންނާއި އެކު ވެފައިވާ އަހުދަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ޖަމީލްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، 05 އަހަރު ވަންދެން ރައީސް ޔާމީންގެ މައްޗަށް އެމްޑީޕީ ސަރުކާރުން ކޮށްފައިވާ ނުހައްގު ދައުވާތަކާއި އެމަނިކުފާނު ތަހައްމަލުކުރި އަނިޔާވެރިކަމަށް މުއިއްޒު އިންސާފު ގެންނާނެ ކަމަށް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރެއްވި ކަމަށާއި ނަމަވެސް މުއިއްޒު ވަނީ އަމިއްލަ އެދުން އިސްކޮށް އެންމެ ކައިރީގައި ހުރެ އެމަނިކުފާނަށް ޚިޔާނާތްތެރިވެފައި ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved