March 12, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

މިނިވަން މީޑިޔާ ކޮންޓްރޯލުކުރަނީ ޚުދުމުހުތާރު ވެރިކަމެއް ޤާއިމްކުރަން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 19, 2025, 08:32 PM
މާލެ ސިޓީ

މިނިވަން މީޑިއާ ކޮންޓްރޯލް ކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ ޚުދުމުހުތާރު ވެރިކަމެއް ޤާއިމްކުރަން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މީޑިޔާތަކުގެ ބާރުތައް ސަރުކާރުގެ މުށުތެރެއަށް ނަގާ ވަކި ވަކި ނޫސްވެރިންނަށް ދައުވާ ކުރެވޭ ގޮތަށް ފަރުމާކޮށް ސަރުކާރު އަޑީގައި އޮވެ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު މެދުވެރިކޮށް ހުށަހެޅި ބިލާ މެދު ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އޮތުމުން އެކަމަށް އިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ، ދައުލަތުގެ ތެރޭ ހިންގާ ވައްކަމާ ޖަރީމާތައް ފޮރުވަން މީޑިޔާތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން މަސައްކަތް ފެއްޓެވީ ކަމަށެވެ.

އެގޮތުން ދެފުށް ނުފެންނަ ވެރިކަމެއް ކުރައްވާ ޑިމޮކްރަސީއާއި ދިވެހިންގެ ވިންދާ ދިމާ އިދިކޮޅު ކަންކަން ކުރަން ސަރުކާރުން ބާރު ތެރެއަށް މުށުތެރެއަށްލާން ފޫގަޅަމުން ދާއިރު ހަގީގަތަށް ވާހަކަ ދައްކާ މީހާ މަރާނުލަން ގޮވާލައްވާ މަލީހު ވަނީ މަޖާޒީ ގޮތަކަށް ރައީސް މުއިއްޒުގެ ސަރުކާރުން މީޑިޔާތަކާ ނޫސްވެރިންނަށް ފޯރުވަން މަސއްކަތްކުރާ ނުފޫޒާ ދެކޮޅަށް އަޑު އުފުލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved