March 11, 2026
Advertisement
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ޑރ. ޖަމީލު ނާޒިމްއަށް: ވަގުންގެ ފޮށި ބާރަށް ބަންނާނެ

Sudha Latheef
ސުދާ ލަތީފް
Aug 19, 2025, 11:31 PM
މާލެ ސިޓީ

ރާއްޖޭގައި މިވަގުތު އޮތީ ޗެކްބުކް މީޑިއާއެއް ކަމަށާއި ފައިސާ ދިނީމައި ފައިސާ ދޭ ގޮތަކަށް ސުރުހީ ޖަހާނެ ކަމަ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވުމުން، ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފިއެވެ.

Advertisement

ޑރ ޖަމީލްް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ކޮންމެ މަހަކު އެތަކެއް މިލިއަން ރުފިޔާތަކެއް މީޑިއާތަކަށް ހޭދަކޮށް، ސަރުކާރު ބޭނުންވާ މައުލޫމާތު ފެތުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޑރ ޖަމީލް ނާޒިމް އަށް ފާޑުވިދާޅުވަމުން ޕޯސްޓުގައި ވިދާޅުވީ މިއީ "ވަގުންގެ ފޮށި ބާރަށް ބަނުން" ކަމަށެވެ. އެގޮތުން ގިނަ ނޫސްތަކާއި ޓީވީ ޗެނަލްތަކަކީ އެއްވެސް ބަޔަކު ނުދަންނަ އަދި އެއްވެސް އަޑެއް ނީވޭ މީޑިއާތައް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ، ކިތައްމެ ބިރު ނެގިޔަސް ހުރިހާ ނޫހެއް ސަރުކާރަށް ނުގަނެވޭނެ ކަމަށެވެ. އަދި ގޮތްނޭނގޭ މަރުތަކުގެ ތެރޭގައި ހިމެނޭ ވިފާގުގެ މަރުފަދަ ވާހަކަތައް ފަޅާ އަރުވާނެ ކަމަށާއި، ވައްކަމުގެ ވާހަކަތައް ލިޔެވި، ބިޑަކާ ނުލާ ގައުމު ވަކި ގުރޫޕަކަށް ދަވާލަން ރާވާ ރޭވުންތައް ހާމަކުރާނެ ކަމަށް ޑރ ޖަމީލް ގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ޑރ ޖަމީލް ގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒަށް ކުރެވޭ ވައްކަމުގެ ތުހުމަތުތައް އޮއްބާ ނުލެވޭނެ ކަމަށެވެ. އަދި "ޗެކުފޮތުން ނޫންތޯ މުއިއްޒު ތިޔަ މަޖިލިސް އޮޅު ހިޔަލަކަށް ހަދާފަތިޔަ އޮތީ؟" މިފަދަ ސުވާލެއް ވެސް ޑރ ޖަމީލް ވަނީ ޕޯސްޓުގައި ކުރައްވާފައެވެ.

މަޖިލިސް ތެރޭގައި ޗެކުފޮތުގެ ވާހަކަ ދައްކަން އެންމެ ކުފޫހަމަ ނުވާ މީހާއަކީ ނާޒިމް ކަމަށާއި، ނާޒިމް މިފަދަ ވާހަކަ ދެއްކީމާ ގިނަ ބަޔަކު ހިނި އަންނަ ކަމަށް ވެސް ޑރ ޖަމީލް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޑރ ޖަމީލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ކިތައްމެ ފޮނު އެރުވިޔަސް މިވެރިކަންވެސް ނިމެންވީމަ ނިމޭނެ ކަމަށާއި، އަދި ރައީސް މުއިއްޒުގެ މައްޗަށް ފަލަކަކޮށް ކެރިގެން ގާނޫނު ހިންގޭނެ ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved