March 11, 2026
Advertisement
--
-- / ގެޓީ އިމޭޖަސް

ރައީސް މުއިއްޒުއާއި ގުޅޭ ގޮތުން ފޭސްބުކުގައި ޕޯސްޓެއް ލިޔުުމުން އއ. އަތޮޅު އެސްޖީ ސަސްޕެންޑު ކޮށްފި

Sudha Latheef
ސުދާ ލަތީފް
Aug 20, 2025, 07:41 PM

ރައީސް މުހައްމަދު މުއިއްޒުއާ ގުޅޭ ޖޯކެއް ފޭސްބުކްގައި ލިޔުމުން އއ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝަފީގު ސަސްޕެންޑުކޮށްފި އެވެ.

Advertisement

މުހައްމަދު ޝަފީގު ސަސްޕެންޑު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ރަައީސް މުއިއްޒު ރަސްދޫއަށް ވަޑައިގަންނަވާއިރު ރިބަން ކަނޑަން ވަރު ހުންނާނެތީ އެކަމަށް ސްކޫލް ކުދިން ސަމާލުވުމަށް ޝަފީގު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވެއެވެ. އެގޮތުން ސްކޫލް ކުދިން ކައިރިން ގޮސްފިއްޔާ ބޮލުގައި ޖަހާފައި އިންނަ ރިބަންކޮޅު ވެސް ކަނޑައިލަފާނެނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

"މުއީޒު ރަސްދޫއަށް އަރާއިރު، ސްކޫލްކުދިން ވިސްނައިގެން ހިނގާތި. ރިބަން ކަނޑަން ވަރަށް ވަރުހުންނާނެ. ކައިރިން ގޮސްވިއްޔާ، ބޮލުގައި ޖަހާފައި އިންނަ ރިބަންކޮޅު ކަނޑާލަފާނެ. ސަމާލުވުމަށް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޝަފީގު ވަނީ މި ސަރުކާރާއި މުއިއްޒުއަށް ފާޑުކިޔައި ގިނަ ޕޯސްޓްތަކެއް ފޭސްބުކްގައި ކޮށްފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ޝަފީގު ސަސްޕެންޑުކުރީ އެ ކޮމިޝަނުގެ ގާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލާތީ ކަމަށް ބުނެ އެވެ.

އޭނާ ސަސްޕެންޑުކުރީ އޮގަސްޓް 18، އިން ފެށިގެން ސެޕްޓެމްބަރު 17، ގެ ނިޔަލަށް އޮފީހަށް ނުނިކެމެވޭ ގޮތަށެވެ. އެކަމަކު އެ މުއްދަތުގައި އޭނާއަށް މުސާރަ ލިބޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved