theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / އެޑިޝަން.އެމްވީ
ސިޔާސީ
މާލޭގައި ގެސްޓު ހައުސް ހިންގަވާ މުއިއްޒުގެ ފާޑުކިޔުން ލޯކަލް ޓޫރިޒަމަށް، ވިދާޅުވީ ގެސްޓުން އުޅެނީ އައްޗިކޮށްކަމަށް!
21 އޯގަސްޓު 2025

މާލޭގައި ދިމްޔާތު ހިންގަވާ އަދުގެ ރައީސް މުހައްމަދު މުއިއްޒު ލޯކަލް ޓޫރިޒަމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވައިފިއެވެ.

މުއިއްޒު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ކުޑަކުދިންނާއި މުޖުތަމައު ނުރަނގަޅު ކަންކަމަށް ހުށަހެޅޭކަމަށެވެ.

މިފަދައިން މުއިއްޒު ވިދާޅުވީ އއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު އުކުޅަހުގައި ކުޑަކުއްޖަކު ދިން ކަމަށް ބުނާ ނޯޓެއް ކިޔުއްވުމަށްފަހު އެވެ. ނޯޓު ލިބުނީ މި ވާހަކަ ދައްކަން ވިސްނަވައިގެން ހުންނަވަނިކޮށްކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒު ވިދާޅުވީ މިއީ އެމަނިކުފާނު ވެސް ދައްކާ ވާހަކަ ކަމަށެވެ. އެކަން އެހެން ނުވާ ކަމަށް ގަބޫލުކުރެވެނީ އަމިއްލަ ނަފުސަށް އޮޅުވާލާތީ ކަމަށާއި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދަންވާނީ އިންތަކެއްގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބައެއް ރަށްރަށުގެ ކައިރިއަށް ސަފާރީތައް ގެނެސް، ގެސްޓްހައުސްތަކުގައި ތިބޭ ގެސްޓުން ގެންގޮސް އޭގެން ރާ ބޯން ދީގެން ރަށަށް ގެންނަ ކަމަށާއި އެފަދައިން އޮޅުވާލަން މަސައްކަތް ކުރަނީ ކާކަށްތޯ ސުވާލުކޮށް މުއިއްޒު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މުއިއްޒު ވަނީ ލޯކަލް ޓޫރިޒަމް ކުރިޔަށް ގެންދަން ޖެހޭނީ އޭނާ ވިސްނަވާ ގޮތަށްކަމަށް ވާހަކަައިގައި އިޝާރަތްކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved