March 25, 2026
Advertisement
ޑރ ޖަމީލް ވޭކް އަޕް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ ޖަމީލް ވޭކް އަޕް ޖަލްސާގައި ވާހަކަ ދައްކަވަނީ / ދައުރު

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުން އުޅުއްވަނީ ދިމްޔާތު ވަށައި ރިހަތަށި ހިފައިގެން ތޮވާފްކޮށްލަކޮށްލާ: ޑރ. ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Aug 22, 2025, 04:34 AM

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ރައީސް މުއިއްޒުގެ ގެކޮޅު ވަށައި ބޯތަށި ހިފައިގެން ހިނގޭތޯކަމަށްް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ވޭކް އަޕްގެ ނަމުގައި އާޓިފިޝަލް ބީޗްގައި ބޭއްވި ގައުމީ ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ޖަމީލް ވަނީ މުއިއްޒު އަށާއި، ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ފާޑު ވިދާޅުވެފައެވެ.

ޑރ ޖަމީލް ވިދާޅުވީ މުއިއްޒު އުޅުއްވަނީ "ގާނޫނީ ވެރިކަމެއް ކުރައްވަން ނޭނގިގެން" ކަމަށެވެ. ކޮންމެ ދިމާލަކަށް ބެލިއަސް ފެންނަނީ އެ މަންޒަރުކަމަށް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ނިޒާމް ބަނދެލައިގެން މިއުޅެނީ. ޝަރުއީ ކޯޓު ބަނދަލައިގެން، ރައްޔިތުންގެ މަޖިލިސް ބަނދަލައިގެން، ކައުންސިލްތައް ބަނދެލައިގެން، މީޑިއާ ބަނދެގެން. އަޅެ މީނައަށް މީހުން ބަނދެލައިގެން ނޫނީ ވެރިކަން ކުރަން ނޭނގެ

ޑރ ޖަމީލް

ޑރ ޖަމީލް ވިދާޅުވީ މީޑިޔާ ކޮންޓްރޯލް ކުރުމަށް މުުއިއްޒު އަތުކުރި އޮޅާ ލެއްވި އިރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ކިޔުއްވީ އެހެން ލަވައެއްކަަމަށެވެ.

ނިދި ނައިސްގެން އުޅެނީ ދިވެހި ރައްޔިތުން ހަބަރުތައް ފަތުރާތީ، ނޫސްވެރިން ވާހަކަތައް ލިޔާތީ، މިނިވަން މީޑިއާގެ ހަބަރު ގެނެސްދޭތީ. ބައްލަވާ، އެއީ ވެރިޔަކަށް ހުންނަ މީހާގެ އަތްޕުޅުގައި އޮންނަ ކަމެއް ނޫނޭ

ޑރ.ޖަމީލް

މުއިއްޒުގެ ކުރިންވެސް ވެރިންތަކެއް އައި ކަމަށާއި މިހާ ހުދުމުހުތާރު ވެރިކަމެއް ކުރި ވެރިޔަކު ނުފެންނަކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ މުއިއްޒަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved