theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިބްރާހީމް ފަލާހް / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީނަށް އޮތް ތާއީދާއި ލޯބި ފެނި ފަލާހަށް ހަޖަމެއްނުވި!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
22 އޯގަސްޓު 2025
މާލެ ސިޓީ

ރޭ ޕީއެންއެފްއިން ބޭއްވި "ވޭކް އަޕް" ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ދިވެހި ރައްޔިތުން ކުރައްވާ ތާއީދާއި އޮތް ލޯބި ފެނި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހަށް އެކަން ހަޖަމް ނުވިކަން ހާމަވެއްޖެއެވެ.

މިގޮތުން، ފަލާހް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރޭގެ ޖަލްސާއަށް 200 މީހުން ގެންދިޔައީ ދަޢުލަތުން ވަގަށްނަގާފައިވާ ފައިސާއިން ބޮލަކަށް 1200 ރުފިޔާދީގެން ކަމަށާއި އެވަރުންވެސް 2 ބައިކުޅަ އެއްބައިތިބީ "ބަންގާޅީން" ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ދަޢުލަތުން ވަގަށްނަގާފައިވާ އެތައްސަތޭކަ މިލިއަން ރުފިޔާއެއް ހަލާލު ފައިސާއަށް ހެދޭނެކަމަށް ހީފުޅު ނުކުރެއްވުމަށާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމީން މެމްބަރުންނާއި މެދު ކަންތަށްކުރިގޮތުން ޕީޕީއެމްގެ 12 މެމްބަރުން ތިންއަހަރު މަގުމަތީ ގަނަތަޅުވާ ރައީސް ޔާމީނަށްވުރެ މެމްބަރުން ނިކަމެތިކުރި ވެރިއެއްނެތް ކަަމަށް ފަލާހްގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

މިއާއި އެކު މުއިއްޒު ވަނީ މެމްބަރުންނަށް މަޖިލީހުގައި ފުރިހަމަ މިނިވަންކަންމަތީ މަސައްކަތްކުރުމުގެ އިޚްތިޔާރުދެއްވާފައިކަމަށް ފަލާހް ބުނެފައިވާއިރު މުއިއްޒު ވެރިކަމާއި ހަވާލުވި ފަހުން މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގާނޫނެއް ހައްދަވާ މެންބަރުންގެ ފުރިހަމަ މިނިވަންކަން ވަނީ މުއިއްޒުގެ މުށު ތެރެއަށް ލާފައެވެ.

ރައީސް މުޢިއްޒު މިޤަޢުމުގެ ރައްޔިތުންގެ ހެވާލާބައަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ރައީސް ޔާމީން ފަދަ މިޤަޢުމުގެ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރިއެއްގެ ވާހަކަތަކުން ކުޑަވެސް ބަދަލެއްނާނަނާނެ ކަމަށް ފަލާހް ބުނެފައިވާއިރު މި ވެރިކަމަށް ދެ އަހަރު ވެގެންދާއިރު ސަރުކާރުގެ ހުރިހާ ދިމާލަކުން ކުޑައެއް ބޮޑެއް ބެލުމެއްނެތި ވައްކަމާއި ކޮރަޕްޝަން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާއިން މި ގައުމު އެމަނިކުފާނަށް ބޭނުން ޖެހިފައިވާ މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ. މުއިއްޒު ފަދަ އަނިޔާވެރި ވެރިއެއް މި ގައުމަށް ބޭނުން ނުވާކަން ޖަލްސާ ދުރާއި ގާތުން ބެއްލެވި ލައްކައަކަށްވުރެ ގިނަ މީހުންވަނި ސާބިތުކޮށްދީފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved