March 19, 2026
Advertisement
.
. / ސްޓެލްކޯ

މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑި އިރަށް ކަރަންޓު ކަނޑާލަން ސްޓެލްކޯ އިން ނިންމައިފި

Aug 23, 2025, 01:20 AM

ހުޅުމާލެ އިންޖީނުގޭގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ބޮޑު މަސައްކަތެއް ކުރާތީކަމަށްބުނެ މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Advertisement

ސްޓެލްކޯ އިން މިގޮތަށް ކަރަންޓު ކަނޑާލަން ނިންމީ ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ ބޮޑު މަސައްކަތެއް ކުރުމަށްޓަކައިކަމަށް ބުނެއެވެ.

ހިދުމަތް މެދުކަނޑާލި ނަމަވެސް، އެ ސަރަހައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި މުހިންމު ހިދުމަތް ދޭ އިދާރާތަކަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވީނަމަވެސް ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ ކަރަންޓުގެ ހިދުމަތް ނުލިބިގެން މިފަދަ އެތައް މުހިންމު ހިދުމަތްދޭ ތަންތަނުގެ ހިދުމަތް މެދުކަނޑާލަން ޖެހިފައެވެ.

މިފަހަކަށް އައިސް ކަރަންޓު ކެނޑުމަކީ އާންމުކޮށް ދިމާވާ މައްސަލައަކަށް ވަނީ ވެފަ އެވެ. މިދިޔަ ޖޫން އަދި ޖުލައި މަހު ވެސް އެކި ފަހަރު މަތިން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. އަދި ޖޫންގައި ހަ ގަޑިއިރަށް ކަރަންޓު ކެނޑުނު މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގަވާފަ އެވެ. ނަމަވެސް މި މައްސަލަ ތަހުގީގުކޮށް ކަރަންޓު ކެނޑުނު ސަބަބު ރައްޔިތުންނަށް ހާމަކޮށްފައިނުވެއެވެ.

ސްޓެލްކޯ އިން ކަރަންޓު ކެނޑުމާއި ކަރަންޓު ބިލްތައް ބޮޑުކުރުން ވަނީ މިހާރު އާންމުކަމަކަށް ހަދާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved