theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
ދިވެހި ރުފިޔާގެ އަގު ވެއްޓިގެންދިޔައީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
23 އޯގަސްޓު 2025
މާލެ ސިޓީ

ދިވެހި ރުފިޔާގެ އަގު 35% އިން ވެއްޓިފައިވާ ކަމަށާއި މިއީ އަދުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މެދުވެރިވި ހާލަތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވިއެވެ.

ޕީއެންއެފްއިން ބްރާސްފަރި ދުވަހުގެ ރޭ ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަތޮޅު ތެރޭގެ ތަރައްގީއާއި އެންމެ ބޮޑަށް ގުޅިފައިއޮތީ، އަދި އަތޮޅު ތެރޭގެ ލޭނާރަކީ މަސްވެރިކަމަށް ވާއިރު ކިލޯއަކަށް 22ރުފިޔާގެ ރޭޓުން މަަސްގަތް ދުވަސް މާޒީއާއި އެކުވެ ގޮސްފައިވާ ކަމަށާއި މިހާރު މަސްކިލޯއެއް ދެވެނީ އެންމެ 16ރ އަށް ކަމަށް ރައީސް ވަނީ ހިތާމައާއި އެކު ފާހަގަކޮށްފައެވެ.

35% އަށް ދިވެހި ރުފިޔާގެ އަގު ވެއްޓިފައިވަނީ ދިވެހި ރައްޔިތުން އަމިއްލައަށް ކުރި ކަމަކުން ނޫން ކަމަށާއި ގައުމު ހިންގަން ނޭގޭ ވެރިއެއްގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެހެންކަމުން މިއަދު ދިވެހި ރުފިޔާގެ އަގު ހުރި ވަރަށް ބަލާފައި 2016 އިން 2018 އާއި ހަމައަށް މަސްވެރިންނަށް ލިބުނު އަގު ކިލޯއަކަށް 30ރ އަށް މައްޗަށް ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާވަރަށް ދިވެހި ރުފިޔާގެ އަގު "ޑިވެލިއު" ވެފައިވާ ކަމަށް ރައީސް ޔާމީން ހާމަކޮށްފައިވެއެވެ.

މިއަދު ދިވެހި ރުފިޔާގެ އަގު ހުރި ވަރަށް ބަލާފައި 2016 އިން 2018 އާއި ހަމައަށް މަސްވެރިންނަށް ލިބުނު އަގު ކިލޯއަކަށް 30ރ އަށް މައްޗަށް ދާނެ. މިހާރު މަސްވެރިންނަށް މި ލިބެނީ މީގެ ދެބައިކުޅަ އެއްބައި.

- ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އުފާވެރި އަހަރުތަކެއް ކުރިން ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ބޮޑެތި ކަންތައްތަކެއް ނެތް ކަމަށާއި ދިވެހި ރައްޔިތުން އުޅެމުން ދިޔައީ ހަމަޖެހޭ ރިވެތި ދިރިއުޅުމެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އުއްމީދު ކުރާނެ ޔޫތް ސިޓީއެއް ދިވެހި ޒުވާނުންނަށް ލިބިގެން ދިޔަ ކަމަށާއި އުފާފާޅުކުރުމުގެ ގޮތުން ޒުވާނުން އަމިއްލައަށް އިސްނަގައިގެން މާލޭ މަގުތަކުގައި ސައިކަލު ބުރުތައް ޖަހަމުން ދިޔަ މަންޒަރުތައް މީގެ އަހަރުތަކެއް ކުރިން ފެނިގެން ދިޔަ ކަމަށާއި ނަމަވެސް މިހާރު ހާލަތު މުޅިން ބަދަލުވެއްޖެ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް މި ފަދައިން ހުރުމުން އަދިވެސް ރައްޔިތުން ހޭލަން ވަގުތު ނުޖެހޭތޯ އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނާއި ސުވާލުކޮށްފައެވެ. ރައްޔިތުންގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ދާއިރު ރައްޔިތުންގެ ނިދިން ހޭލާ ސަރުކާރު ޒިންމާދާރު ކުރުވުމަށް މަަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved