March 21, 2026
Advertisement
.
. / ތޭރަ އޮންލައިން

ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ޖަލަށް ލާނެކަމަށް ފަލާހު ވިދާޅުވި: އައްބާސް

Aishath Naja
އައިޝަތު ނަޖާ
Aug 23, 2025, 06:57 PM
މާލެ ސިޓީ

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލާނެކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެތައް ފަހަރެއްގެމަތިން ވިދާޅުވެފައިވާކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އައްބާސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސް ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީން ޖަލަށްލާނެ ކަމަށް ފަލާހުގެ އިތުރުން ވެސް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވެސް ބުނަމުންދާ ކަމަށެވެ.

އައްބާސްގެ ޕޯސްޓުގައިވާގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަ ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީން ޖަލަށް ލައްވާނެ ކަމަށް ރައްޔިތުންގެ މަޖުލީހުގެ ޕީއެންސީ މެންބަރުންނާއި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު އައްބާސްގެ ކުރިމަތީގައި އެކި ދުވަސް މަތިން މަޖިލީހުގެ ކުޑަ ދަށުގައި ތަކުރާރުކޮށް ބުނަމުން ދިއުމަކީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާވަރު ހާމަވާ ކަމެއްކަމަށެވެ.

ޕީއެެންސީ މެމްބަރުންގެ އިތުރުން ފަލާހުވެސް ފާޅުގައި ރައީސް ޔާމީން ހައްޔަރު ކުރައްވާނެކަމަށް ވިދާޅުވަމުން ދަނީ ބިރުންކަމަށް އައްބާސްގެ އިތުރުންވެސް ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ބުނެފައިވެއެވެ. ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރައްވައިފިނަމަ މުއިއްޒު ނުހޮވޭނެކަމަށާއި މިފަހަރުވެސް މުއިއްޒަށް ވެރިކަން ލިބުނީ ރައީސް ޔާމީންގެ ފޮޓޯ ފުޅާއި އެމަނިކުފާނުގެ ތަރައްގީ ވިއްކައިގެންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޕީއެންއެފްގެ ވޭކްއަޕް ޖަލްސާއަށްފަހު ފަލާހުގެ އިތުރުންވެސް ޕީއެންސީގެ ގިނަ މަޖިލިސް މެމްބަރުންތައް އަންނަނީ ހަޖަމް ނުވާކަން ފާޅުގައި ބުނަމުންނެވެ. ރައީސް ޔާމިނަށް އޮތް ތާއިދު ފެނި ސަރުކާރުން ތިބީ ކޮސްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved