April 27, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް / -

މިނިވަން މީޑިއާ ނެތިކޮށްލަން ހުށައެޅި ބިލު ސިވިކަސް އިން ވެސް ކުއްވެރިކޮށްފި

Sudha Latheef
ސުދާ ލަތީފް
Aug 24, 2025, 06:43 PM

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ސަރުކާރުން ފަހަތުގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ސިވިކަސް އިން ކުށްވެރިކޮށްފި އެވެ.

Advertisement

ރާއްޖޭގެ މަދަނީ ހައްގުތައް އޮތީ މިހާރު "ހުރަސްއެޅިފައި" އޮތް ހާލަތުގައި ކަމަށް ސިވިކަސް އިން ނެރުނު ބަޔާނުގައިި ވަނީ ބުނެފައެވެ.

ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި މީޑިއާ ނެތިކޮށްލާ ބިލުގެ ސަބަބުން ހައްގުތައް އިތުރަށް ފަހަތަށް ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.

ވަކިވަކި ނޫސްވެރިންނާއި ނޫސްތަކަށް ބިރުދެއްކުމާއި އިންޒާރުދިނުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާކަން ސިވިކަސް އިން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، މުޒާހަރާކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅާތީ އެކަން ވެސް ސިވިކަސް އިން ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ނ. ހޮޅުދޫގައި ކުރި މުޒާހަރާއަށް ހުރަސް އެޅުމާއި މެއި މަހުގެ ތެރޭގައި ކުރި ޒުވާނުންގެ މުޒާހަރާއިން ދެ މީހަކު ހައްޔަރު ކުރުން ހާއްސަ ގޮތެއްގައި ސިވިކަސް އިން ފާހަގަ ކުރި އެވެ.

ސިވިކަސްގެ އިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި މީޑިއާ ކައުންސިލުން ވެސް ވަނީ މީޑިއާ ނެތިކޮށްލާ ބިލު ކުށްވެރިކޮށް އެ ބިލު ބޭރު ކުރަން ގޮވާލައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved