March 12, 2026
Advertisement
މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް
މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް / ސޯޝަލް މީޑިއާ

ކާޑެއްދޫ އެއާޕޯޓްގެ ޙަގީގަތް ހާމަކުރުމުން ގާސިމްގެ ހޫނު ރައްދެއް ރައީސް ޔާމީނަށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 24, 2025, 06:34 PM
މާލެ ސިޓީ

ވިލާ ކުންފުނިން ހިންގަމުންދާ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓާއި ބެހޭ ގޮތުން ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ "ވޭކްއަޕް" ޖަލްސާގައި ވާހަކަ ދައްކާފައިވަނީ ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ކަމަށް ބުނެ މާމިގިލި ދާއިރާގެ މެންބަރު އިބްރާހީމް ގާސިމްގެ އެކްސް އެކްއުންޓްގައި ބޮޑު ނޫސް ބަޔާނެއް ޕޯސްޓްކޮށްފިއެވެ.

Advertisement

މި ޕޯސްޓްގައި ގާސިމް ވިދާޅުވީ ރައީސް މުއިއްޒުއަކީ ޔާމީން ކަހަލަ އިމުން ބޭރުން މީހުންގެ މުދާ ހިފައި އަނިޔާދޭ ބޭފުޅެއް ނޫން ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ވިލާ އެއަރ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލާފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ގާސިމް ވަނީ ތުހުމަތު ކޮށްފައެވެ.

ގާސިމްގެ މި ޕޯސްޓާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ގާސިމް އަށް ވަނީ އަމާޒުވެފައެވެ.

މިގޮތުން، ވިލާ އެއަރ އަށް ކާޑެއްދޫ ދީފައިވާ މުއްދަތުގައި ތަނުގެ ހާލަތާއި ފެންވަރު ދަށްކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ދައްކަމުންނެވެ.

ސަރުކާރު ޒިންމާދާރުކުރުވުމުގެ ބޭނުމުގައި ޕީއެންއެފްއިން ބޭއްވި "ވޭކްއަޕް" ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުން އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާ ސަރުކާރުގެ ސްޕީޑް ބާރުކުރުމަށް ގޮވާލުމަށް ދިވެހިންނަށް ގޮވާލާފައެވެ.

ނަމަވެސް، މި ފާޑުކިޔުންތައް މި ސަރުކާރުގެ ވެރިންނަށާއި ސަރުކާރުގެ ކޯލިޝަން މެންބަރުންނަށް "ހަޖަމް" ނުވެ، ރައީސް ޔާމީން ހާމަކޮށްދެއްވި ހަގީގަތްތަކަކީ ދޮގު ކަމަށް ބުނެ އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމްތައް އަންނަނީ އަޅުވަމުންނެވެ.

ގާސިމްގެ ވިލާ ކުންފުންޏަކީ ސަރުކާރަށް އެތަކެއް ލައްކަ ރުފިޔާއިން ދަރަނިވެރިވެފައިވާ ކުންފުންޏަކަށް ވާއިރު މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތާއީދު ހޯއްދެއްވުމަށާއި ފައިސާ އެއްކުރުމަށް މުއިއްޒު ކުރައްވާ "ޓްރާންސެކްޝަން" އެއް ގޮތަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved