theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ހިޔާލުފާޅުކޮށް ބޭނުންވާ އެއްޗެއް ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫން: މުއިއްޒު
24 އޯގަސްޓު 2025

ސަރުކާރުގެ ކޮރަޕްޝަންތައް ހާމަކޮށް ނޫސްވެރިން ޚަބަރު ޝާއިއުކުރާތީ މުއިއްޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ.އުތީމުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އަނެކާގެ އަނބުރާ ޝަރަފާ އިއްޒަތަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށާއި، އެއީ ލިބޭ މިނިވަންކަމެއް ނޫން ކަމަށެވެ. އަދި ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ބެލުމެއް ނެތި ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ ވެސް މިނިވަންކަން ނޫން ކަމަށް ވިދާޅުވެ ނުސީދާގޮތުން ނޫސްވެރިންނަށް ބަހުގެ ހަމަލާއެއް މުއިއްޒު ދެއްވިއެވެ.

މިނިވަންކަމުގެ ނަމުގައި އަނެކާގެ ހައްގުތަކަށް އަރައިނުގަތުމަށް މުއިއްޒު ގޮވާލެއްވިއިރު މިނިވަން ނޫސްވެރިކަން ނައްތާލުމަށް އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަައެވެ.

ޕޯޑިއަމްތަކަށް އަރާ މިނިވަންކަމުގެ ވާހަކަ ދައްކަވާއިރު މުއިއްޒު އަކީ އެއްވެސް މިނިވަންކަމެއް ރައްޔިތުންނަށް ދެއްވަން ބޭނުން ނުވާ ވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންެނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved