April 27, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ތޭރަ އޮންލައިން

ވެރިންކުރާ ވައްކަމާ ޚިޔާނާތާ ދެކޮޅަށް އަޑު އުފުލުމަކީ ޖިހާދު ކުރުންފަދަ މަތިވެރި ޢަމަލެއް: ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 25, 2025, 12:07 AM
މާލެ ސިޓީ

ވެރިންކުރާ ވައްކަމާ ޚިޔާނާތާ ދެކޮޅަށް އަޑު އުފުލުމަކީ ޖިހާދު ކުރުންފަދަ މަތިވެރި ޢަމަލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މީޑިއާގެ މިނިވަންކަމުގެ އަސާސަކީ ޙައްގު ބަސް ބުނުމުގެ މަތިވެރި ނަބަވީ އިރުޝާދު ކަމަށާއި ނަމަވެސް ޑރ މުއިއްޒުގެ ސަރުކާރުން އަންނަނީ ބަސް ބުނުގެ މިނިވަންކަން ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުން ކަމަށް ޑރ. ޖަމީލް ސިފަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިހާރުގެ ދިވެހި މުޖުތަމައުއަކީ ހޭލުންތެރި އުގެނިފައިވާ ތަންދޮރު ދަންނަ ބަޔެއް އުޅޭ މުޖުތަމައުއެއް ކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ ދިވެހިންގެ ޚިޔާލާ ވިސްނުމުގައި ކަސްތޮޅު އަޅަން އުޅޭ ކޮންމެ މީހަކު ވެއްޓޭނީ އަނގަވަތަށް ކަމަށެވެ.

ރާއްޖޭގެ މީޑިއާތަކާއި ނޫސްތަކުގެ ކޮންޓްރޯލް ނެގުމަށް "މީޑިއާ ކޮންޓްރޯލް ބިލް" މަޖިލީހަށް ވައްދާ ސަރުކާރުން އަންނަނީ ގައުމުގެ ހުރިހާ ބާރެއް ސީދާ މުއިއްޒުގެ އަތު ތެރެއަށް ލުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ އެއް މިސާލަކީ އޯގަސްޓް 21 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި ޕީއެންއެފް ޖަލްސާގެ ވަގުތާއި ދިމާކޮށް ޗެނަލް13 ގެ ބްރޯޑްކާސްޓިންގ ކަނޑާލުމެވެ.

މުއިއްޒު އާއި މި ސަރުކާރުން ކުރަމުން އަންނަ ވިޔާނުދާ ކަންތައްތަކާއި، ވައްކަމާއި ޚިޔާނާތުގެ ވާހަކަ ދައްކާ ކޮންމެ މީހެއްގެ އަގަ ބަންދުކުރުމަށް މުއިއްޒު އަންނަނީ "ގައުމުގެ ރައީސް" ގެ މަގާމުގެ ނުފޫޒު ބޭނުންކޮށް ގާނޫނީ އިމުން ބޭރުން އަނިޔާވެރިވަމުން ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved