

ރައްޔިތުންގެ ބައިތުލްމާލުން އެތައް މިލިއަން ޑޮލަރު ނެގުމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހަސަދަވެރިވަޑައިގަންނަވާކަމަށް ވިލާ ކުންފުނީގެ ޗެއަމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެެްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ ވިލާ ކުންފުނިން ހިންގަމުންދާ ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓާއި ބެހޭ ގޮތުން ރަައީސް ޔާމީން ވޭކްއަޕް ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
ގާސިމް ނެރުއްވި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓާ ވިލާއިން ހަވާލުވުމަށްފަހު އެއާޕޯޓަށް އަލަށް ގެންނަށްޖެހޭ އެތައް ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި ބައިނަލްއަގްވާމީ އެއާޕޯޓަކަށް އެ އެއާޕޯޓް ބަދަލުކުރުމަށް ރާއްޖޭ ބޭރުގެ ޕާޓްނަރަކާއެކު، 150 މިލިއަން ޑޮލަރުގެ ޕްލޭނެއްކޮށް ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް، ބަދަލުކުރުމަށް އެދިފައިވަނިކޮށް، ރައީސް ޔާމީން އެކި ބަހަނާތައް ދައްކަވާ އަދުލުވެރި ބަދަލެއް ދިނުމެއްނެތި 2017 ވަނަ އަހަރު އެއަޕޯޓު ސަރުކާރަށް ނެގީ ކަމަށް ގާސިމް ތުހުމަތުކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނަގަނީ ވިލާއަށް ނުހައްގު ބަދަލެއް ދިނުމަށްފަހު ކަމަށް ބުނެ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭހެން ރައީސް ޔާމީން އެމަނިކުފާނުގެ "އާންމު އުސޫލުން" ވާހަކަދައްކަވާފައިވާކަމަށް ވެސް ގާސިމް ތުހުމަތު ކުރެއްވިއެވެ.
ގާސިމް މިފަދަ އެތައް ތުހުމަތެއް ކުރެއްވި ނަމަވެސް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސަބަބަކީ ގާސިމަކީ ފެށުނީއްސުރެ ރައްޔިތުންގެ ބައިތުލްމާލުން ފައިސާ ކަމުން އަންނަ މީހަކަށްވީމައެވެ.
ރައީސް ޔާމީން ގާސިމަށް ހަސަދަލައްވާކަމަށް ވިދާޅުވިއިރު ގާސިމަކީ ހުރިހާ ވެރިންނާ ވެސް އަމިއްލަ މަންފާއަށް ކޯލިޝަން ހަދަން ތައްޔާރަށް ހުންނަވާ ބޭފުޅެކެވެ.
އެތައް ފަހަރަކު ނާކާމިޔާބުވި ނަމަވެސް އަދިވެސް މަސައްކަތް ކުރަނީ ވެރިކަން ހޯދޭތޯއެވެެ.