March 20, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ

‎ރީނދޫ ސަމާލު: ބޯކޮށް ވާރޭވެހި ގުގުރާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 25, 2025, 03:50 PM
މާލެ ސިޓީ

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އައްޑޫ ސިޓީ އަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.

Advertisement

އެ އިދާރާއިން ނެރެފައިވާ މި ސަމާލުގެ ވަގުތަކީ 07:45 އިން ފެށިގެން 10:45 އެވެ.

އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް މިއަދު 12:00 އާއި ހަމައަށް ނެރެފައިވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިރުޝާދު ދެއްވާފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް އިތުރަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved