April 27, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ޖަމީލްގެ ޗެލެންޖެއް ގާސިމަށް: އިންތިޚާބުތެރޭ ވަޢުދުވި ގޮތަށް އެއްވެސް ބަދަލެއް ހޯދުމެއް ނެތި ކާޑެއްދޫ އެއަރޕޯޓް ޙަވާލު ކުރޭ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 25, 2025, 04:29 PM
މާލެ ސިޓީ

ވަޢުދުވި ގޮތަށް އެއްވެސް ބަދަލެއް ހޯދުމެއް ނެތި ކާޑެއްދޫ އެއަރޕޯޓް ޙަވާލު ކުރެއްވުމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އޮނަރަބަލް ގާސިމަކީ އަމިއްލަ އެދުމާ ރައްޔިތުންގެ ބައިތުލްމާލާ، ބިންތަކާ، ފަޅު ރަށްތަކާއި ފަޅުތަކާ ގިރިތަކުގެ ދަހިވެތިކަމުގައި އަބަދު އުޅުއްވާ ބޭފުޅެއް ނޫންކަމާ އަދި އިޚްލާސްތެރިކަން ސާބިތުކޮށް ދެއްވުމަށް މިއީ ގާސިމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.

ގާސިމަކީ ގައުމާއި މެދު ވިސްނާ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނަމަ އެއްވެސް ބަދަލެއް ނެތި ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ދޭނެ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

-
-

ރިޔާސީ އިންތިޚާބު ތެރޭގައި ގާސިމް ވަނީ ސަރުކާރުން އެދެފިނަމަ "ފަންވަތެއްގެ" މިންވަރުވެސް އެއާޕޯޓްގެ ބަދަލަށް ނުގެންދަވާނެ ކަމަށާއި ރައްޔިތުން އެދެފިނަމަ ރައްޔިތުންނަށްވެސް އެއާޕޯޓް ދޫކޮށްލުމަށް ތައްޔާރަށްހުރި ކަން ހާމަކޮށްފައެވެ.

ރައްޔިތުންގެ ބައިތުލްމާލުން އެތައް މިލިއަން ޑޮލަރު ނެގުމަށް ރައީސް ޔާމީން ހަސަދަވެރިވަޑައިގަންނަވާ ކަމަށް ގާސިމް ވަނީ ވިދާޅުވެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާސިމް މިފަދައިން ވިދާޅުވީ ޕީއެންއެފް އިން ނިމިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވިލާ ކުންފުނިން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓްއާއި ބެހޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަތައް ރައްދު ދެއްވަމުންނެވެ.

ރައީސް ޔާމީން ހަސަދަވެރިވާ ކަމަށް ގާސިމް ވިދާޅުވާއިރު ގާސިމަކީ ވިލާ ކުންފުންޏަށާއި އަމިއްލަ ފައިދާއަށް ކޮންމެ އިންތިޚާބަކާއި ދިމާކޮށް ކޯލިޝަން ހަދަމުން އަންނަ ފަރާތެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved