April 27, 2026
Advertisement
ޑރ ޖަމީލު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ޑރ ޖަމީލު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ދުލުގައި އަތްއެޅިޔަސް، ދެއަތުގަޔާއި ދެފައިގައި ބިޑި އެޅުވިޔަސް މުއިއްޒު ސަރުކާރުން ހިންގާ ކޮރަޕްޝަންތަކުގެ ވާހަކަ ދައްކާނަން: ޑރ. ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Aug 25, 2025, 04:28 PM

ދުލުގައި އަތްއަޅާ، ދެއަތާއި ދެފައިގައި ބިޑި އެޅުވިޔަސް މި ސަރުކާރުން ހިންގާ ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކުން ހުއްޓާ ނުލައްވާނެކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ ޖަމީލް ވިދާޅުވީ މުއިއްޒު ވައްކަން ކުރާ ވާހަކަ ދައްކަނީ އެކަން ކުރާތީކަމަށެވެ. އެގޮތުން ނޫމަޑި މައްސަލައިގައި ވެސް ވައްކަން ކުރި ކަމުގެ ތުހުމަތު މުއިއްޒަށް ކުރެވޭކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އޭގެއިތުރުން، ރައްޔިތުންގެ ކުންފުނިތަކުން ވެސް މުއިއްޒު ވެރިން ލައްވާ ފައިސާ ހޯދައިގެން އެ ފައިސާ މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތު މުއިއްޒަށް ކުރެވޭކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

"ސާފުކޮށް މި ދަންނަވަނީ މުއިއްޒަށް ތުހުމަތުކުރެވޭ، މުއިއްޒަށް ނޫމަޑީ މައްސަލައިގައި ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ، މުއިއްޒަށް މިއަދު ރާއްޖޭގައި ހުރި ކުންފުނިތަކުން، އެމްއޭސީއެލުން، އެޗްޑީސީން އަދި އެމްޕީއެލްއިން އެތަނުގެ ވެރިން މެދުވެރިކޮށް ފައިސާ ހޯދައިގެން މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތު ކުރެވޭ" ޑރ. ޖަމީލް ވިދާޅުވިއެވެ.

ވައްކަންކޮށްގެން ވެރިކަމުގައި ހުންނަން މުއިއްޒު ގަސްދުކުރާނަމަ އެއީ މުއިއްޒުގެ ކުށްހީއެއްކަމަށާއި އެހިސާބުން އިރާދަކުރެއްވިއްޔާ ވެެރިކަން ވެއްޓޭނެކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކުމާ ދެކޮޅަށް މޮޅެތި ބިލް މަޖިލީހަށް ލައި، އެ ފާސްކޮށް ތަސްދީގު ކުރެއްވިޔަސް ކޮރަޕްޝަން ހިންގާނަމަ އެ ވާހަކަ ދެއްކުން ހުއްޓާ ނުލައްވާނެކަމަށެވެ.

މުއިއްޒުގެ އިތުރުން ގާސިމް އިބްރާހިމަށްވެސް ޑރ ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved