April 24, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު / ސަން އޮންލައިން

މީޑިޔާތަކުގައި މަލަން އަޅަން އުޅުއްވަނީ ދައުލަތުން ކުރާ ވައްކަންތަކަށް ޖާގަ ދޭން: މަލީހް

Aishath Naja
އައިޝަތު ނަޖާ
Aug 26, 2025, 09:22 PM

ރައްޔިތުންގެ މަޖިލީހަށް މީޑިޔާ ކޮންޓްރޯލް ބިލް ހުށަހެޅީ ސަރުކާރުން ކުރާ ވައްކަންތައް ފޮރުވަންކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މުއިއްޒުގެ އެދުމުގެ މަތިން ބަންޑާރަ ނައިބު އަހުމަދު އުޝާމް ތައްޔާރުކޮށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން ލައްވާ ހުށަހެޅި ބިލާ ދެކޮޅަށް މިވަގުތު ހުރިހާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި ދަނޑިވަޅުގައި މަލީހް ވެސް ވަނީ މީޑިޔާ ކޮންޓްރޯލް ބިލް ބޭރުކުރުމަށް ގޮވާލާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި މަލީހް ވިދާޅުވީ ގާނޫނު އަސާސީ ފުނޑާލަން ޖާގަދެވިގެން ނުވާނެކަމަށެވެ.

މުއިއްޒު މީޑިޔާތަކުގައި މަލަން އަޅަން އުޅުއްވަނީ ދައުލަތުން ކުރާ ވައްކަންތައް ފޮރުވުމަށްކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

މަލީހް ވަނީ އެ ޕޯސްޓުގައި މީޑިޔާ މަރާލާ ބިލަށް ނޫނެކޭ ބުނުމަށް ގޮވާލާފައެވެ.

މީޑިޔާ ބޭނުންކޮށް ޕްރޮމޯޓުވެގެން ވެރިކަމަށް އައިސް މުއިއްޒު މީޑިޔާތައް ކޮންޓްރޯލް ކުރަން ބޭނުންވެގެން ހަދާނެ ނަހަދާނެ އެއްޗެއް ނޭނގިގެން އުޅޭތީ ގިނަ ބަޔަކު އަންނަނީ މުއިއްޒަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved