April 27, 2026
Advertisement
ޑރ. ޖަމީލު
ޑރ. ޖަމީލު / ތޭރަ އޮންލައިން

މިޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅާފައިވާ ބިލަކީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއް: ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 26, 2025, 11:50 PM
މާލެ ސިޓީ

މިޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅާފައިވާ ބިލަކީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުގެ ގޮތުގައި އޮތް ދުލާއި ގަލަމުގެ މިނިވަންކަން ވެރިޔަކު ބޭނުންވާ ގޮތަށް ލިމިޓް ކުރުމަކަށް ޤާނޫނުއަސާސީ ޖާގަނުދޭ ކަމަށާއި މަޖްލީހުގެ ސުޕަރ މެޖޯރިޓީންވެސް ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫނު ހެދުމަކީ ޢައިރު ދުސްތޫރީކަމެއް ކަމަށެވެ.

ގައުމުގެ ރައީސް އާއި ރައްޔިތުންގެ މަޖިލީހާއި އަދި ޖުޑިޝަރީވެސް ބާރު ހޯދަނީ ރައްޔިތުންގެ އަތުން ކަމަށްވާއިރު ރައްޔިތުން ކަނޑައަޅާފައިވާ އިން ފަހަނަޅާ ދާން ޖާގައެއް ނުލިބޭނެ ކަމަށާއި އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ޖަމީލްގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި ސަރުކާރުން ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލަކީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށާއި މި ބިލު އަނބުރާ ގެންދިޔުމަށް ޖަމީލް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިއާއި އެކު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލު ބަލައިނުގަނެ ތަޅުމުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved