May 6, 2026
Advertisement
އިންތިޚާބެއްގައި ވޯޓު ގުނަނީ
އިންތިޚާބެއްގައި ވޯޓު ގުނަނީ / އިލެކްޝަންސް ކޮމިޝަން

މަޖިލީސް އިންތިޚާބުގައި 5،000 މޮނިޓަރުން!

Aishath Naja
އައިޝަތު ނަޖާ
Feb 27, 2024, 02:13 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މުޅި ޖުމްލަ 9,900 އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނަ ދުވަހު ޖުމްލަ 9900 ދިވެހިން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ކަމަށެެވެ.

އެގޮތުން އޮބްޒާވަރުންގެ ގޮތުގައި 2،952 މީހުންނާއި، މޮނިޓަރުންގެ ގޮތުގައި 5،018 މީހުން ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި، މަންދޫބުންގެ ގޮތުގައި 1،930 މީހުން ހަރަކާތްތެރިވާނެކަމަށްވެސް ހަބީބް ފާހަގަކުރެއްވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ އިންތިޚާބުގައި ވޯޓުލުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގަނީ، މިނިވަންކަމާއި، އިންސާފުވެރިކަމާއި، ހަމަހަމަކަމާ އެކު ދެފުށް ފެންނަ ގޮތަށްތޯ ކަށަވަރުކުރުމުގައި އޮބްޒާވަރުންނާއި، މޮނިޓަރުންގެ އިތުރުން ކެނޑިޑޭޓުންގެ މަންދޫބުން ވެސް ކުރައްވާނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މަޖިލީސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ މާޗު 17ގައެވެ.

އެހެންނަމަވެސް އެ ދުވަސް ރޯދަ މަހާ ދިމައިވާތީ ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހެއް ގެނެސްފައެވެ.

ނަމަވެސް އެ ބިލު ދަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ވަނީ ފޮނުވާލައިފައެވެ.

ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިލުމުން، އެ ބިލު އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް އޮވެއެވެ. އެގޮތަށް ފާސްކުރުމުން ތަސްދީގުވާނެއެވެ.

އެމްޑީޕީން އަންނަނީ އަލުން ބިލު ފޮނުވުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved