April 27, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މީޑިއާ ބިލްގެ ފަހަތުގައި އޮތީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުން: ސީނިއަރ ނޫސްވެރިން

Aug 27, 2025, 02:39 AM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނުފޫޒާއެކު ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑިޔާ ކޮންޓްރޯލް ބިލަކީ ސަރުކާރުން މީޑިޔާ ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ހުށަހެޅި ބިލެއްކަމަށް ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ މޫސާ ލަތީފް ވިދާޅުވެއްޖެ އެވެ.

Advertisement


މީޑިޔާތައް ކޮންޓްރޯލްކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލާމެދު ކަންބޮޑުވުންފާޅުކޮށް ރާއްޖޭގެ ބައެއް ތަޖުރިބާކާރު ނޫސްވެރިން ވަނީ މިއަދު ނިއުސް ކޮންފަރެންސެއް ބާއްވާފައެވެ.

އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މޫސާ ލަތީފް ވިދާޅުވީ މިއީ ކަންބޮޑުވާންޖެހޭ ބިރުވެރި ބިލެއް ކަމަށެވެ.

އޭނާ ވިދާޅުވީ މުޅި ބިލް ދިރާސާކޮށްލުމުން އޭގެ މަގުސަދަކީ ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރުން ކަން ސާފުވާ ކަމަށެވެ.

މި ބިލު ފަރުމާކޮށްފައި ވަނީ މެލޭޝިޔާ ފަދަ ނޫސްވެރިކަމުގެ މިނިވަންކަން ނެތް، އަދި އިދިކޮޅަށް ވެސް ނޫސްވެރިކަމުގެ މިނިވަންކަން ކުރަން ހަނިވެފައިވާ ގައުމުތަކުގައި އަމަލުކުރަމުންދާ ފަދަ ގޮތްތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އަދަދު ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ އެ ބިލަކީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް'ގެ މައްޗަށް އެކުލަވާލާފައިވާ ބިލެއް ކަމަށް ސަރުކާރަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ވިދާޅުވި ނަމަވެސް ބިލް ފަރުމާކޮށްފައި ވަނީ މުއިއްޒުގެ ބާރުގެ ދަށަށް ނޫސްތައް ގެނެވޭގޮތަށް ކަމަށެވެ.

އެ ބިލާ މެދު ކުރަންޖެހޭ އެއްވެސް މަޝްވަރާއެއް ނެތް ކަމަށާއި އެއީ އެއަށްވުރެ މާ ގޯސްކޮށް އޮތް ބިލެއް ކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ތަޖުރިބާކާރު ނޫސްވެރިން މި ބިލާމެދު ކަންބޮޑުވުންފާޅުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު ނޫސްވެރިންގެ ޖަމިއްޔާގެ އިސް ނެންގެވުމުގެ ދަށުން އެ ބިލު ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved