theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން
ސިޔާސީ
މީޑިޔާ ކޮންޓްރޯލް ބިލާ ދެކޮޅަށް މަޖިލިސް ދޮރުމަތީ ނޫސްވެރިން މުޒާހަރާކޮށްފި!
27 އޯގަސްޓު 2025

މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ދެކޮޅަށް ރައްޔިތުން މަޖިލިސް ކައިރީ ނޫސްވެރިން މުޒާހަރާ ކޮށްފިއެވެ.

މަޖިލިސް ކައިރިއަށް އެއްވި ނޫސްވެރިން ތިބީ ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ބޯޑުތަކެއް ވެސް ހިފައިގެންނެވެ.

ބޯޑުތަކުގައި އެ ބިލު ކަމުނުދާ ކަމަށާއި އެ ބިލު ބޭރު ކުރުމަށް ވަނީ ގޮވާލާފައެވެ. މި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނާގޮތުގައި މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަކީ ކުރަން އެންމެ ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ނޫސްވެރިންގެ ހަގުތައް ނިގުޅައިގަނެ ހަނިވެފައިވާ ކަމަށާއި އެހެންކަމުން ހައްގުތައް ހޯދުމަށް މަގުމައްޗަށް ނިކުންނަން މަޖުބޫރުވީ ކަމަށް އެ ނޫސްވެރިން ދަނީ ބުނަމުންނެވެ.

މިއަދު މަޖިލީހުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު އެޖެންޑާގައި މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބެލެވޭ ގޮތުގައި އެ ބިލް ބަލައިގަންނަން މާދަމާ މަޖިލީހުގައި ވޯޓަށް އަހާނެއެވެ.

މަޖިލީހަށް ބިލު ހުށަހަޅައި، އޭގެ ބަހުސް ފެށީ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލުމަށް ފަހު ބޭއްވި ޖަލްސާގައެވެ. ނަމަވެސް އެ ޖަލްސާއާ ދިމާކޮށް ނޫސްވެރިން މުޒާހަރާ ކުރަން ފެށުމުން ޖަލްސާ ކުރުކޮށްލާ ނިންމާލިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމަނާފައިވާ އެ ބިލު ބަލައިނުގަންނަ ކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް "ހަތަރެއްގެ ހައްގުގައި"ގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ބިލު އަނބުރާ ގެންދިޔުމަށް މެންބަރުންނަށް ގޮވާލައި ނޫސްވެރިން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

މިއީ ސީދާ ސަރުކާރުން ނޫސްވެރިންގެ ދުލުގައި ތަޅު އެޅުވުމަށް ރޭވި ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved