April 25, 2026
Advertisement
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މަޖިލީހުގެ މެޖޯރިޓީގައި ތިބީ ބިލަކަށް ޢިލްމީ ބަހުސް ކުރަން ނޭގޭ މެންބަރުން: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 27, 2025, 06:48 PM
މާލެ ސިޓީ

މަޖިލީހުގެ މެޖޯރިޓީގައި ތިބީ ބިލަކަށް ޢިލްމީ ބަހުސް ކުރަން ނޭގޭ މެންބަރުން ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލު ސަރުކާރުގެ ނުފޫޒާއި އެކު ތުޅާދޫ މެންބަރު މަޖިލީހަށް ހުށަހަޅާފައިވާއިރު މި ބިލާއި ގުޅިގެން ޕޯސްޓް ކުރައްވާ މަލީހް ވިދާޅުވީ މިހާރު މަޖިލީހުގެ ތެރެއިން ފެނިގެންދަނީ ތަންދޮރު ނޭގޭ ގަމާރުން މެންބަރު ކަމަށް އައްޔަން ކުރީމާ ފެންނާނެ މަންޒަރު ކަމަށެވެ.

ސުޕަ މެޖޯރިޓީގައި ގިނައިން ތިއްބެވީ ލިޔަން ކިޔަން ނޭގޭ ބޭފުޅުން ކަމަށް ވިދާޅުވެ މަލީހް ވަނީ ސަރުކާރަށާއި މި ބިލަށް ތާއީދު ކުރައްވާ މެންބަރުންނަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން، ށ.މިލަންދޫ ދާއިރާގެ މެންބަރު މި ބިލަށް ބަހުސް ކުރައްވަމުން އިސްލާމްދީނުގެ އަސާސްތަކުގެ މަތިން ހަނދުމަނެތި ކުރާ ކޮންމެ ކަމެއް ކުރުން އެއީ ލާޒިމުކަމެއްގެ ގޮތުގައި ވިދާޅުވަމުން މަލީހް ވަނީ ނުސީދާކޮށް އެކަމަށް ފާޑުވިދާޅުވެ ޢިލްމީ ބަހުސްއެއް ކުރުމުގެ ގާބިލުކަން ސަރުކާރުގެ މެންބަރުންނަށް ނޭގޭ ކަމަށް ވިދާޅުވެފައެވެ.

މީޑިއާ ކޮންޓްރޯލް ބިލު އަނބުރާ ގެންދިޔުމަށް މަޖިލިސް އިދާރާގެ ކުރިމަތީގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved