April 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުރިން ބުނި އެތި ކެންސަލް ކުރުމަށްފަހު ރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަން ހުއްދަކުރަން ނިންމަނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 27, 2025, 06:49 PM
މާލެ ސިޓީ

ކަނޑުގެ ބޮޑު ސަރަހައްދެއް ހިމެނޭ ދިވެހިރާއްޖެއަކީ ކަނޑުގެ ދިރުން ރައްކާތެރި ކުރުމަށް ގައުމީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން އަބަދުވެސް ގޮވާލަމުންދާ ގައުމެކެވެ. ރާއްޖޭއަކީ މުޅި ދުނިޔެއަށްވެސް ތިމާވެށި ރައްކާތެރުކުރުމަށް އެހެން ގައުމުތަކަށްވެސް ގޮވާލާ ހޭލުންތެރިކުރުމަށް އެކި ކޮންފަރެންސްތަކާއި ސެމިނަރ ތަކުގައި އަޑުއުފުލުމުގެ މަޝްހޫރު ގައުމެކެވެ.

Advertisement

ނަމަވެސް، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވަނީ ކަނޑުގެ އެއް ދިރުން ކަމަށްވާ މިޔަރު ހިމާޔަތް ކުރަން ވަކާލާތު ކުރުމަށްފަހު "އެކްސްޓިންކްޓް" ނުވަތަ ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ނިންމަވާފައެވެ.

2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭއްވި އދ. ގެ އޯޝަން ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެ މިޔަރު ހިމާޔަތްކުރުމުގެ ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެ ރާއްޖެއިން ވަނީ މިޔަރު ހިމާޔަތް ކުރުމަށް ވަކާލާތުވެސް ކުރައްވާފައެވެ.

ކަންމިހެން ހުރި އިރު، ކުރި ބުނި ވާހަކަތައް ކެންސަލް ކުރުމަށްފަހު މުއިއްޒު ވަނީ އިއްޔެ ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން އަންނަ ނޮވެމްބަރު 1، ގައި ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި އަލުން ހުއްދަ ކުރައްވާނެ ކަމަށް އިއުލާންކޮށްފައެވެ.

މެނޭޖްމަންޓު ޕްލޭނެއް ޑްރާފްޓުކޮށް ނިމިއްޖެ. އެހެންވީމާ މި މެނޭޖްމަންޓު ޕްލޭނުގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިޔަރު މަސްވެރިކަން ކުރަން ހުޅުވާލާނަން. އެހެންވީމާ 1 ނޮވެމްބަރުން ފެށިގެން އަލުން މި މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަލުން އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމާ އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރުވާން އަޅުގަނޑު ގޮވާލަން. އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު ދޮރެއް މި ހުޅުވައިދެނީ،

މުއިއްޒު ވިދާޅުވިއެވެ.

ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިފަދަ ބާވަތެއްގެ މިޔަރުގެ މަސްވެރިކަން އަލުން ހުއްދަ ކުރަން ނިންމުމަކީ މި ސަރުކާރުގެ ކަނޑުގެ ދިރުންތަކާއި އަދި ބައިނަލްއަގްވާމީ ގޮތުން ނިންމާފައިވާ މިފަދަ މުހިއްމު ކަންތައްތަކަށް އިހުތިރާމް ނުކުރާ ކަން ހާމަވެގެންދާ މިސާލެކެވެ.

މުއިއްޒަކީ ގިނަ ފަހަރަށް ކުރިން ބުނެވޭ ކަންކަން ހަނދާންނެތި ވައުދުތަކާއި އަހުދުތައް ތަކުރާރު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved