April 27, 2026
Advertisement
.
. / މަޖިލިސް

ތިބީ މުއިއްޒުގެ އަޅުންކަން ސާބިތުކޮށް، މީޑިޔާ ކޮންޓްރޯލް ބިލު ބަލައިގަނެ ކޮމިޓީއަށް!

Aug 27, 2025, 07:27 PM

މީޑިޔާ ސަރުކާރުގެ މުށުތެރެޔަށް ލުމަށްޓަކައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން ލައްވާ ހުށަހެޅި މީޑިޔާ ކޮންޓްރޯލް ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

Advertisement

މި ބިލުގެ ބަހުސް ނިންމާލާފައިވަނީ ބުދަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ. ނޫސްވެރިން މުޒާހަރާ ކުރާތީ ޖަލްސާ ކުރުކޮށްލާ ނިންމިކަމަށް ދެއްކުމަށްފަހު އަނެއްކާވެސް ބިލަށް ބަހުސް ކުރުމަށް ޖަލްސާ ކުރިޔަށް ގެންގޮސްފައިވެއެވެ.

އެއަށްފަހު ބިލު ބަލައިގަތުމާމެދު ވޯޓަށް އަހާފައިވާއިރު، 49 މެމްބަރުން ވަނީ ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އަދި 12 މެމްބަރުން ވަނީ ބިލު ބޭރުކޮށްލަން ވޯޓު ދެއްވާފައެވެ. އެހެންކަމުން ބިލު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.

ބިލުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ މެމްބަރުން ވިދާޅުވެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ އެއްކަމެއް ކުރާ ދެ މުއައްސަސާ ކަމަށާއި އެކަމަކު މީހުންގެ އަބުރު ކަތިލަމުން އަންނައިރު އެއިން އެއްވެސް އިދާރާއަކުން ފިޔަވަޅު ނާޅާ ކަމަށެވެ.


ޕީއެންސީގެ މެމްބަރު އަދި ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވެސް ވަނީ މީޑިއާތައް ހިންގަން ޖެހެނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ގަބޫލުކުރެއްވިޔަސް މިއީ އިސްލާހުތައް ގެންނަން ޖެހޭ ބިލެއްކަމަށް ވިދާޅުވެ އެ ބިލަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

އެ ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންނާއި ބޭރުގެ ބައެއް ޖަމްއިއްޔާތަކުން ވެސް ހާމަކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved