March 20, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ތޭރަ އޮންލައިން

ތަކުރާރުކޮށް ގާނޫނު އަސާސީއާ ޚިލާފު ގާނޫނުތައް އުފަންކޮށް ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ޒިންމާ ޕީއެންސީއިން އުފުލަން ޖެހޭ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 27, 2025, 11:58 PM
މާލެ ސިޓީ

ޕީއެންސީއިން ގެންދަނީ ތަކުރާރުކޮށް ގާނޫނު އަސާސީއާ ޚިލާފު ގާނޫނުތައް އުފަންކޮށް ރައްޔިތުންގެ ބާރު ކަނޑުވާލަމުން ކަމަށާ އެކަމުގެ ޒިންމާ އެ ޕާޓީގެ މަޖިލިސް މެމްބަރުން އުފުލަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

މީޑިޔާ ކޮންޓްރޯލު ކުރުމަށް، "މީޑިޔާ ރެހިއުލޭޝަން"ގެ ނަމުގައި ބިލެއް ސަރުކާރު ހިޔަނީގައި ހުންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާ މިހާރު މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ އަވަސް އަރުވައިލައިގެން ބިލުގެ މަސައްކަތްކުރިއަށް ގެންދާ ދުވަސްރެއްގައި ޑރ ޖަމީލު ވަނީ އެކްސްގައި އެކަމަށް އިޝާރާތްކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާ ލަނީ މިއަދު ޕީއެންސީގައި ތިބި މަޖްލިސް މެމްބަރުން ކަމަށާ ތަކުރާރުކޮށް ގާނޫނު އަސާސީއާ ޚިލާފު ގާނޫނުތައް އުފަންކޮށް ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ޒިންމާ އެ މެމްބަރުން އުފުލަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ މެމްބަރުންނަކީ ރައްޔިތުންގެ ޚާއިނުންގެ ގޮތުގައި ސިފަކުރައްވާ ޑރ ޖަމީލު ވިދާޅުވީ އެއީ ރައްޔިތުންގެ ޢަދުއްވުންކަމަށާ އެމީހުން ވަނީ ރައްޔިތުންނަށް ޣައްދާރުވެފައި ކަމަށެވެ. އަދި އެމީހުންނާ އެމީހުންގެ ދަރިފަސްކޮޅުވެސް ބޮއިކޮޓް ކުރުން ވާޖިބު ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved