March 19, 2026
Advertisement
ރައީސް މުއިއްޒު އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދްްރާ މޯދީ އާއެކު
ރައީސް މުއިއްޒު އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދްްރާ މޯދީ އާއެކު / ރައީސް އޮފިސް

ވެރިކަމުގެ 100 ދުވަސް ހަމަވެއްޖެ: އިންޑިޔާ ސިފައިންނެއް ނުބޭލުނު!

Aishath Naja
އައިޝަތު ނަޖާ
Feb 27, 2024, 03:15 AM
މާލެ ސިޓީ

ވެރިކަމަށް އައުމަށްޓަކައި މި ސަރުކާރުން ރައްޔިތުންނަށް ވި އެންމެ ބޮޑު އެއް ވައުދު ކަމަށްވާ އިންޑިޔާ ސިފައިން ބޭލުމުގެ ވައުދު ވެރިކަމުގެ 100 ދުވަސްވި އިރުވެސް ފުއްދިފައިނުވާކަން ހާމަވެއްޖެއެވެ.

Advertisement

ފުރަތަމަ 100 ދުވަހުގެ ވައުދުތައް އެކުލަވާލައިގެން ހަދާފައިވާ "ހަފްތާ 14"ގައިވެސް އިންޑިޔާ ސިފައިން ބޭލުމުގެ މަސައްކަތް ހިމަނާފައިވެއެވެ. ސަރުކާރުން ބުނާ ގޮތުގައި އެމަސައްކަތް ވަނީ މިހާރު ފާށާފައެވެ. އެގޮތުން އެ ގައުމުން ސިފައިން ގެންދިޔުމަށް އެއްބަސްވެފައިވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ އެއްބަސްވުން މިހާތަނަށްވެސް ރައްޔިތުންނާ ހަމަޔަށް ހާމަކުރައްވާފައިނުވެއެވެ. އެ ގައުމުން އެއްބަސްވެއްޖެ އެ އެއްބަސްވުން ހާމަކުރެވެން ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ހާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ގައުމާ އެކު 13 ބައްދަލުވުމެއް ބޭއްވިފައިވާނެކަމަށާއި ފަސް ލިޔުމެއް ފާސްކޮށްފައިވާނެކަމަށެވެ. ނަމަވެސް އެ ވުޒާރާއިން ވަނީ އެ މައުލޫމާތުތައް އާންމުކުރަން ދެކޮޅު ހަދާފައެވެ.

އިދިކޮޅުގައި އޮންނަވާ އަދުގެ ސަރުކާރުން ވަނީ އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރަން ގޮވާލާފައެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު މުހިންމު ނޫންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާ ސިފައިން ބޭލުުމުގެ މަސައްކަތް ރާއްޖޭގައި ފަށާފައިވަނީ ރައީސް އަބްދުﷲ ޔާމީނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved