March 12, 2026
Advertisement
.
. / ޖޭއެސްސީ

މުއިއްޒަށް މަރުޚަބާކިޔަން ނިކުންނަން ފަނޑިޔާރުންނަށް މަޖުބޫރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 28, 2025, 01:06 AM

ވޯޓު ހޯދުމަށް މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާ ގުޅިގެން، މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެ ރަށެއްގައި ތިއްބަވާ ފަނޑިޔާރުންނަށް ނިކުމެވޭނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކަނޑައަޅައިފި އެވެ.

Advertisement

އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވީ ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފަނޑިޔާރުން އަދި މުވައްޒަފުން ބައިވެރިކުރުމާ ގުޅޭ ގޮތުންނެވެ.

މަޝްވަރާ އަށް ފަހު، ޖޭއެސްސީން ނިންމީ ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުން ނިކުމެވަޑައިގަތުމަކީ ރަނގަޅު ކަމެއްކަމަށް ނިންމެވިއެވެ.

މުއިއްޒަށް މަރުހަބާ ކިޔުމަށް ފަނޑިޔާރުން ވެސް ނެރެން ނިންމީ ރަށްރަށުން އޭނާއަށް ތާއިދު އޮތްކަން ދެއްކުމުގެ ބޭނުމުގައިކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved