April 27, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ނޫސްވެރިން ހައްޔަރު ނުކުރާކަމަށް ބުނެ ފުލުހުން ހެދީ ބޮޑު ދޮގެއް!

Aishath Naja
އައިޝަތު ނަޖާ
Aug 28, 2025, 03:07 PM

ބުދަ ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިންް އެެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ބުނެ ފުލުހުންނާއި ސަރުކާރުން ދޮގު ހަދަން ފަށައިފިއެވެ.

Advertisement

ފުލުހުން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ މީޑިޔާ ކޮންޓްރޯލް ބިލާ ދެކޮޅަށް ރައީސް އޮފީސް ދޮރުމަތީ މުޒާހަރާ ކުރި އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައިނުވާނެކަމަށެވެ.

.
.

އަދި ހަމައެއާކު ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރ އަލީ އިހުސާން ވެސް ވަނީ ނޫސްވެރިން ހައްޔަރު ނުކުރާކަމަށްބުނެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެހެން ނަމަވެސް މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ހަތަރު ނޫސްވެރިއަކު ހައްޔަރުކޮށްފަ އެވެ. އެއީ ދައުރު ނޫހުގެ މުޒައްޔިން ނާޒިމް އާއި ސިޓިޒެން ނޫހުގެ މޫސާ ރަޝީދު އާއި އަދަދު ނޫހުގެ އަހުމަދު އާއިދު އަދި އެމްވީ ޕްލަސް ގެ ލަމްޔާ އަބްދުލްހާދީ އެވެ.

.
.

ނޫސްވެރިން ހައްޔަރު ކުރުމަށްފަހު ވަނީ ފުލުހުންގެ ވެހިކަލަށް ވެސް އަރުވައިފަ އެވެ. އަދި ހައްޔަރު ކުރި ކަމުގެ ގާނޫނީ އިންޒާރު ވެސް ނޫސްވެރިންނަށް ދީފައިވެއެވެ.

ނޫސްވެރިން ދޫކޮށްލީ މުޒާހަރާ ކުރަމުންދިޔަ ސަރަހައްދުން ދުރަށް ގެންގޮސް، މުޒާހަރާގައި ބައިވެރިނުވާން ޝަރުތު ކުރުމަށްފަހު އެވެ.

ބުދަ ދުވަހު ނޫސްވެރިން މުޒާހަރާއަށް ނިކުމެފައި ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިޔާ ކޮންޓްރޯލް ބިލު ބޭރުކުރުމަށް ގޮވާލާއެވެ.

އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.

މިކަމާގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved