April 27, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

‎މުއިއްޒުގެ އަރިސް ބޭފުޅުން މިދައްކަނީ ސީދާ މުއިއްޒުގެ ވިސްނުން ހުރިގޮތް:ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 28, 2025, 03:08 PM
މާލެ ސިޓީ

ނޫސްވެރިންނަށް އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލެއްވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލްގެ ފާޑުކިޔުން ފަލާހަށާއި މުއިއްޒަށް އަމާޒުކޮށްފިއެވެ.

Advertisement

ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒުގެ އަރިސް ބޭފުޅުން ދައްކަވަމުން އެ ގެންދަވަނީ ސީދާ މުއިއްޒުގެ ވިސްނުން ހުރި ގޮތް ކަމަށާއި ފަލާހްގެ މި ވާހަކަތަކަކީ ވަރަށް ދަށު ދަރަޖައިގެ ޖާހިލު ވާހަކަތަކެއް ކަމަށެވެ.

-
-

ނޫސްވެރިން "މަރަން" ފަލާހް ގޮވާލާފައިވާއިރު، ފަލާހް ނިސްބަތްވާ ޕީއެންސީއަކުން މި ވާހަކަތައް ކުށްވެރިކޮށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ. އަދި މުއިއްޒުވެސް މި ކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ނުދެއްކުމަކީ މިއީ ސީދާ މުއިއްޒުގެވެސް ވިސްނުން ހުރި ގޮތް ކަމަށްވާތީ ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މުއިއްޒު ވެރިކަން ހޯދުމަށް ދެއްކި "މާތް" މޫނުގެ ފަހަތުގައި ވާ އަނިޔާވެރިކަން ދިވެހި ރައްޔިތުންނަށް މިހާރު ކަޝްފުވެފައިވާ ކަމަށާއި މިހާރު ފެނިގެންދަނީ މުއިއްޒުގެ އަސްލު ސޫރަ ކަމުގައި ޖަމީލް ވަނީ ވިދާޅުވެފައެވެ.

މިއާއި އެކު ބާރަކީ އަބަދުވެސް ރައްޔިތުންގެ އަތް މަތީގައި އޮންނަ އެއްޗެއްކަން ހަނދާންކޮށްދެއްވާ ޖަމީލް ވިދާޅުވީ ވެރިކަމަށްވެސް ނިމުން އަންނާނެ ކަމަށާއި ރައްޔިތުންނަށް ޖައްސާ ނިކަމެތި ހާލު އަދި އެބޭފުޅުން ދެކޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved