April 27, 2026
Advertisement
.
. / މިހާރު

މީޑިޔާ ކޮންޓްރޯލް ބިލް މުހިންމު ކަމެއްގެ ގޮތުގައި ކުރިޔަށްގެންދަން ނިންމައިފި

Aug 28, 2025, 04:27 PM

މީޑިޔާ ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު މުހިންމު ގޮތުގައި ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.

Advertisement

ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ މީޑިޔާ ކޮންޓްރޯލް ބިލްގެ މަސައްކަތް މިވަގުތު ކުރިއަށްގެންދަން މުހިންމު ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

ކޮމިޓީއިން މިއަދު ނިންމީ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގެން ބިލުގެ މަސައްކަތް ކުރިއަށްގެންދިޔުމަށާއި ބިލަށް ހިޔާލު ހޯދުމަށެވެ. އެ މަސައްކަތްތައް އަންނަ ހަފުތާގައި ކުރިއަށް ގެންދިޔުމަށް ވެސް ކޮމިޓީއިން ނިންމި އެވެ.

ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނީ ސެޕްޓެމްބަރު 6، ގެ ނިޔަލަށެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އާއި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ޔޫތު މިނިސްޓަރާ ވާހަކަ ދެއްކުމަށް ވެސް ކޮމިޓީއިން ނިންމި އެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.

އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved