March 17, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ސޯޝަލް މީޑިއާ

ހަފްތާ ބަންދުގައި މޫސުން ގޯސް!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 29, 2025, 12:40 AM
މާލެ ސިޓީ

ހަފްތާ ބަންދުގައި ބައެއް ސަރަަހައްދުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

Advertisement

މެޓް އޮފީހުން ހާމަކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް އުތުރައި މެދު ރާއްޖެތެރެއަށް ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ ކަމަށެވެ.

އެގޮތުން މުޅި ރާއްޖެއަށް ބަލާލާއިރު، ދެކުނުގެ އަތޮޅުތަކަށް މޫސުން އެހާ ގޯސް ނޫން ނަމަވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ވެއެވެ. މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު ބޮޑަށް ވައި ގަދަވާނީ މެދު ރާއްޖެ ސަރަހައްދަށް ކަމަށާ ހަފްތާ ބަންދުގައިވެސް އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްކޮށް ދައްކާ ކަމަށް ހާމަކޮށްފައިވެއެވެ.

ހަފްތާ ބަންދުގައި މޫސުން ގޯސް ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ވައި މަޑުވާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ ކަނޑުތައްވެސް ގަދަކަމަށް ވަނީ ހާމަކޮށްފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދުގެ އެކި ވަގުތުތަކުގައި މޫސުމީ ސަމާލު ސަރަހައްދުތަކަށް ނެރެފައިވެސް ވެއެވެ.

މެޓް އިން ލަފާކޮށްފައިވާގޮތުގައި އުތުރާއި މެދު ރާއްޖެތެރެއަށް އެވްރެޖުކޮށް 13 މޭލާއި 23 މޭލާއި ދެމެދު ވައި ގަދަވާނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ދެކުނަށް ވައި އެހާ ގަދަ ނުވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރެޔަށް ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved