theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
މީޑިޔާ ކޮންޓްރޯލް ބިލް ބޭރުކުރާނެކަމުގެ ޔަގީންކަން މުއިއްޒު ނުދެއްވި!
Aishath Naja
އައިޝަތު ނަޖާ
28 އޯގަސްޓު 2025

ރައްޔިތުންގެ މަޖިލީހުގައި އޮތް މީޑިއާ ކޮންޓްރޯލު ބިލާމެދު ހުރި ކަންބޮޑުވުންތަކާއެކު ބިލު ބޭރުކުރަން އެދި މުއިއްޒުގެ އަރިހަށް ނޫސްވެރިން ދިޔުމުން ބިލު ބޭރުކުރާނެކަމުގެ ޔަގީންކަން ނުދެއްވާކަމަށް ނޫސްވެރިން ބުނެފިއެވެ.

އެއްގަޑިއިރަށްވުރެ ދިގުކޮށް ކުރިއަށްދިޔަ މި ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ބައްދަލުވުމުގެ ބައިވެރިން ވިދާޅުވީ މުޅި ބައްދަލުވުމުގައި ވެސް ނޫސްވެރިންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މީޑިއާ ބިލު ބޭރުކުރެއްވުމަށް ކަމަށެވެ. އެކަމަކު ބިލު ބޭރުކުރައްވާނެ ކަމުގެ ސީދާ ޔަގީންކަމެއް މުއިއްޒު ނުދެއްވި ކަމަށާއި، ތަކުރާރުކޮށް ވިދާޅުވީ އެކަމާމެދު ވިސްނަވާނެ ކަމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި މިހާރު މަޖިލީހުގަ އޮތް މަރުހަލާއިން ބިލަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން އިރުޝާދު ދޭނެ ކަމަށް މުއިއްޒު ވިދާޅުވުމުން މިހާރު ބިލު އޮތްގޮތުން އިސްލާހުކުރަން ޖާގައެއް ނެތްކަމާއި، އިސްލާހުކުރާނަމަ އާ ބިލެއް ފަރުމާކުރަން ނަގާނެ ވަގުތަށް ވުރެ އަދި ކުރަންޖެހޭ މަސައްކަތް މާބުރަވާނެ ކަމަށް ތަކުރާރުކޮށް ނޫސްވެރިން މުއިއްޒަށް ދެންނެވިއެވެ.

މީޑިއާތަކުން އެދެނީ އެ ބިލު ބޭރުކުރުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވުމުން އެކަމާ ވިސްނަވާނެ ކަމަށާއި ބަންޑާރަނައިބުގެ ލަފާ ހޯއްދަވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.

މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވީ އެ މީޑިޔާ ކޮންޓްރޯލް ބިލާމެދު ނޫސްވެރިން މުޒާހަރާކޮށް ކަންބޮޑުވުން ފާޅުކުރުމަށް މިއަދުވެސް މީޑިޔާ ފެންޑާގައި ނޫސްވެރިން ތިބުމުންނެވެ.

އޭގެ އިރުކޮޅެއްފަހުން ރައީސް އޮފީހުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ނޫސްވެރިންނާ ބައްދަލުކުރައްވާ ބިލު ބޭރުކުރަން ނުފެންނަކަމަށް ވިދާޅުވުމުން ގިނަ ނޫސްވެރިންތަކެއް ވަނީ ނޫސްްވެރިންގެ ބައްދަލުވުން ބޮއިކޮޓުކޮށް ރައީސް އޮފީހުން ނިކުމެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved