theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝިއުނާ / ސޯޝަލް މީޑިއާ
ސިޔާސީ
ނޫސްވެރިކަމުގެ ނަމުގައި އެކްޓިވިސްޓަކަށް އުޅުނު މީހަކަށް ނޫސްވެރިކަމުގެ 'ނ' ވެސް ނޭނގޭނެ!
29 އޯގަސްޓު 2025

ނޫސްވެރިންނަކީ ގޮތެއް ފޮތެއް ނެތް ބަޔެއްކަމަށް ޕީއެންސީ އެކްޓިވިސްޓް މަރިޔަމް ޝިއުނާ ބުނުމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަައިވާ މީޑިޔާ ކޮންޓްރޯލް ބިލު ބޭރުކުރާނެތޯ އަދި އެ ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީ ޕީޖީ ލީޑަރު ނޫސްވެރިން އުލުބައިންދަން ގޮވާލި މައްސަލަ ބަލާނެތޯ ނޫސްވެރިން ވަނީ މުއިއްޒުގެ ފަހަތުން ހިނގަމުން ސުވާލުކޮށްފައެވެ. އެފަދައިން ނޫސްވެރިން މުއިއްޒު ފަހަތުން ހިނގީމަ އެއީ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ޝިއުނާ ވަނީ ސިފަކޮށް ނޫސްވެރިންނަށް ފުރައްސާރަކޮށްފައެވެ.

އެކްސް އެކައުންޓުގައި ނޫސްވެރިންނަށް ޝިއުނާ ފުރައްސާރަކުރަމުންދާއިރު އޭނާއަކީ ނޫސްވެރިކަން އެއް އިރެއްގައިވެސް ކުރި މީހެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެންކަމުން އޭނާއަކަށް ނޫސްވެރިންގެ އުކުޅުތަކެއް ނޭނގޭނޭކަމަށާއި އޭނާއަކީ އެކްޓިވިސްޓެއްކަމުން އޭނާއަށް އެނގޭނީ ހަޑިހުތުރު ބަހުން މީހުންނާ މުއާމަލާތްކުރުންކަމަށް މީހުން ބުނެފައިވެއެވެ.

މީޑިޔާ ކޮންޓްރޯލް ބިލް ސަރުކާރުގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ މަޖިލީހުން ބަލައިގަނެ މިހާރު ކޮމިޓީ މަރުހަލާގައި އޮތްއިރު އެ ބިލު ފާސްކުރުމަށް ޝިއުނާ އަންނަނީ ސޯޝަލް މީޑިޔާގައި ގޮވަމުންނެވެ.

ޒުވާންޖީލުގެ ނަމުގައި ނޫހެއް ހިންގާކަމަށް ހަދައި ސަރުކާރު ސްޕޮންސަރ ނަގާ ޝިއުނާއަކީ މިދިޔަ ފަސްއަހަރު ނޫސްވެރިކަމުގެ ޓެގްއަޅުވައިގެން އުޅުނު އެކްޓިވިސްޓެކެވެ.

މީޑިޔާ ރެގިޔުލޭޓްކުރުމުގެ ނަމުގައި އޮތް މީޑިޔާ ކޮންޓްރޯލް ފާސްކުރަންޖެހެނީ މީހުންގެ އަބުރުކަތިލުން ހުއްޓުވުމަށްކަމަށް ޝިއުނާ ގޮވަމުން އަންނައިރު މިހާތަނަށް ބެލިބެލުމުގައި މީހުންގެ އަބުރު އެންމެ ގިނައިން ކަތިލުމުގައި އުޅިފައިވަނީ ޝިއުނާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ޔޫތް މިނިސްޓްރީގެ ނައިބަކަށް ޝިއުނާ ހުރިއިރު އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދަރ މޯދީއަށް ފުރައްސާރަކުރި މައްސަލައިގަައި ސަސްޕެންޑްވެސް ކޮށްފައިވެއެވެ. އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް އައެވެ.

ޝިއުނާ ނޫސްވެރިންނަށް ސޯޝަލް މީޑިޔާގައި ފުރައްސާރަކުރަމުންދާތީ ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved