އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ސ. ގަމުގައި ބޭނުން ކުރާ އުޅަނދު މަރާމާތު ކުރަން ފޮނުވާލަންޖެހޭތީ، އަައު ހެލިކޮޕްޓަރެއް ހިފައިން އަންނަ ބުދަ ދުވަހު އިންޑިއާގެ މަނަވަރެއް އަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އެހެން ބުނެފައިވަނީ ނެރުނު ބަޔާނެއްގައެވެ.
މަރާމާތު ކުރަން ފޮނުވާލާ ހެލިކޮޕްޓަރުގެ ޓެސްޓު ފްލައިޓުތަކެއް މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ހެލިކޮޕްޓަރުގެ ބަދަލުގައި ގެންނަ އައު ހެލިކޮޕްޓަރު ހިފައިން އަންނަ މަނަވަރު ދާނީ ސީދާ އައްޑޫއަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންގެ ބަދަލުގައި ގެންނަ މަދަނީ މީހުންގެ ފުރަތަމަ ބެޗު ރާއްޖެ އައިސްފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރަކީ އިންޑިއާގެ އަސްކަރިއްޔާގެ ބާރުން ރާއްޖެ މިނިވަންކުރާނެކަމުގެ ވައުދާ އެކު އައި ސަރުކާރެއް ނަމަވެސް ކީހާ ޅެން ފަރެިއްސަށް ބަދަލުވެ އިންޑިއާ އަސްކަރިއްޔާ ފޮނުވާލާ އޭގެ ބަދަލުގައި ސިވިލު އިންޑިއަނުން ހެލޮކޕްޓަރާ ޑޯނިޔާ އޮޕަރޭޓުކުރަން ބައިތިއްބަން އިންޑިއާ ސަރުޚާރާ ރާއްޖެ ސަރުކާރުން އެއްބަސްވެފައިވުމާ އެކު ގިނަ ބައެއްގެ ނުރުުހުމާ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. ރާއްޖޭގައި އެ އުޅަނދުތައް އޮޕަރޭޓުކުރާނެވަރުގެ ގާބިލުކަން ހުރި ޕައިލެޓުން ތިބިކަން މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންވަނީ އެތައް ފަހަރެއްގެ މަތިން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި ދިވެހިންނަށް އެ ފުރުސަތު ދޭން އިންޑިއާއިން އެއްބަސްނުވުމުން މަތިންދާ ބޯޓާ ހެލިކޮޕްޓަރުވެސް އަނބުރާ ގެންދަން އަންގާ އެ އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓުކުރުންވެސް ހުއްޓުވިއެވެ.