theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަލީހް / ތޭރަ އޮންލައިން
ސިޔާސީ
މުއިއްޒަށް ވެގެން އުޅެނީ ގުއި ނުދެކޭ ކާޅަށް ވީހެން: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
29 އޯގަސްޓު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަށް ވެގެން މިއުޅެނީ ހަމަ ހަޤީޤަތުގަވެސް ގުއި ނުދެކޭ ކާޅަށް ގުއި ފެނހިގެން އުޅޭހެން. ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ މަޖާޒީ ފާޑުވިދާޅުވުމެއް ރައީސް މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.

ތިން ބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ވެރިކަން ކުރަމުންދާއިރު އެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ފާޅުގައި ލައްވައިގެން ރައީސް މުއިއްޒު ގެންދަވަނީ ވެރިކަން ކުރައްވަމުންނެވެ. އޭގެ އިތުރުން ދާދި ފަހުން ވަނީ ނޫސްވެރިންވެސް މުށުތެރެއަށް ލާ ފިއްތާލެވޭނެ ފަދަ ބިލެއް ސަރުކާރުގެ ހިޔަޅުކަމާ އެކު މިނިވަން މެމްބަރު މެދުވެރިކޮށް މަޖިލީހަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މަލީހު ވަނީ އެކަމާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މަލީހު ވިދާޅުވީ ވެރިކަމާ، ވެރިކަމުގެ މުއްދަތާ، ވެރިމީހާގެ ދައުރާ، ރައްޔިތުންނާ، މީޑިއާގެ ދައުރު އަދި ޤާނޫނު އަސާސީ ދަންނަ މީހަކު މުއިއްޒު މިއުޅުއްވާ ވައްތަރަށް ނޫޅުއްވާނެ ކަމަށެވެ.

ޕޯސްޓު ނިންމަވާލައްވަމުން މަލީހު ވަނީ ގައުމާ ވެރިކަމަކީ ރައީސް މުއިއްޒުގެ ތަރިކަ މުދަލެއް ނޫން ކަމަށް ވިދާޅުވެ ނުުރހުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved