April 27, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ބޮޑެތި ގޯސްތައް ސަރުކާރު ތެރެއިން ހިނގާ ވަގުތު ޙައްގު ބަސް ބުނުމަކީ މަތިވެރި ޖިހާދެއްކަމަށް ގައުމުގެ އިލްމުވެރިންނަށް ޑރ ޖަމީލް ހަނދާންކޮށްދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 30, 2025, 06:48 AM
މާލެ ސިޓީ

ބޮޑެތި ގޯސްތައް ސަރުކާރު ތެރެއިން ހިނގާ ވަގުތު ޙައްގު ބަސް ބުނުމަކީ މަތިވެރި ޖިހާދެއްކަމަށް ގައުމުގެ އިލްމުވެރިންނަށް ޑރ ޖަމީލް ހަނދާންކޮށްދީފިއެވެ.

Advertisement

ޕީއެންސީގެ ޕީޖީ ރައީސް އިބްރާހީމް ފަލާހް ނޫސްވެރިން ލާއިންސާނީ އަނިޔާވެރިކޮށް މަރަން ފާޅުގައި ގޮވާލި މައްސަލައަށް ފާޑު ވިދާޅުވަމުން ޖަމީލް ވަނީ ގައުމުގެ ތައުލީމީ އަދި އިލްމީ ބޭފުޅުންނަށް މިފަދަ ކަންތައްތަކާއި ދެކޮޅަށް ބަސް ބުނުމަކީ ނަބަވީ އިރުޝާދެއް ކަމަށް ބުނެ ގޮވާލާފައެވެ.

މީގެ އިތުރުން، އުއްމަތުގެ އެއް ޚަލީފާ ކަމަށްވާ އުމަރުގެފާނުގެ އިގްނޯރަލް ސްޕީޗުން މިސާލު ނަންގަވާ ޖަމީލް ވިދާޅުވީ އުމަރުގެފާނު ގޯސް ހަދާއިރު ރަނގަޅު ކުރަންވާނޭ ކަމަށް އެ ބޭފުޅާ އަމިއްލަފުޅަށް ބުނި ކަން އެގެން އޮތް އިރު ދިވެހި ސަރުކާރުން ރައްޔިތުންނާއި މެދު އިހުމާލުވަމުންދާއިރު ގައުމުގެ ދީނީ ބޭފުޅުން ހަނު ތިއްބަވަނީ ކީއްވެގެންތޯ ސުވާލުކޮށްފައިވެއެވެ.

-
-

މުއިއްޒުގެ ސަރުކާރުން އިސްލާމް ދީނުގެ ނަމުގައި ކަންތައް އޮޅުވާ ނުލެއްވުމަށް ޖަމީލްގެ ޕޯސްޓްގައި ގޮވާލާފައިވާއިރު ވެރިން ގޯސް ހައްދަވާއިރު ރަނގަޅު ގޮތް ބުނެ ނުދީ ވެރިންނަށް ސަނާ ކިޔުންނުވަތަ ހަނު ތިބުންތޯ ދީނުގައި އޮތީ ބުނެ ޖަމީލް ވަނީ އިތުރު ސުވާކުތަކެއްވެސް އަމާޒުކޮށްފައެވެ.

އިސްލާމްދީނުގެ މަތިވެރި ޝިއާރުތަކުން ގައުމު ގުގުމާލާނެ ކަމަށް ވައުދުވެ މުއިއްޒު ރައްޔިތުންނާއި ކުޅެލީ ދީނީ ކާޑު ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

ގައުމަށް ހައްގު މިންވަރަކީ ފަލާހްމެން ފަދަ އަނިޔާވެރިންތޯ އައްސަވާ މިފަދަ މީހުންނާއި މިފަދަ މީހުންގެ ދިފާއުގައި ނުކުންނަވާ ބޭފުޅުންނަށް ހައްގު ބަސް އިއްވުމަށް ޖަމީލް ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved