March 20, 2026
Advertisement
މޫސުން ގޯސް ދުވަހެއްގައި މާލޭގެ މަގެއްގެ މަތި
މޫސުން ގޯސް ދުވަހެއްގައި މާލޭގެ މަގެއްގެ މަތި / ސޯޝަލް މީޑިއާ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 30, 2025, 11:08 PM
މާލެ ސިޓީ

ވައިގަދަވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓުން ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.

ސަމާލުގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ކުރިއަށް 24 ގަޑިއިރު މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓުން ވިދާޅުވެފައިވަނީ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވެފައިވެއެވެ.

ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4-7 ފޫޓް ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved