April 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މި ސަރުކާރުން އުޅެނީ ދޯހަޅިކޮށް ކަން ކޮށްފައި ފިޔަން އަޅަން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 31, 2025, 01:58 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު އުޅުއްވަނީ ދޯހަޅިކޮށް ކަންކުރުމަށް ފަހު އެކަމުގައި ފިޔަން އަޅާ މަތިޖަހަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރުން މަކަރުވެރި ވިސްނުމެއްގައި މިނިވަން މެމްބަރަކު މެދުވެރިކޮށް މަޖިލީހަށް ހުށަހަޅައިގެން އުޅޭ މީޑިޔާ ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އެކަމުގައި ސަރުކާރުގެ މަގްސަދުތަކުގެ ތެރޭގައި ވަކި ވަކި ޓީވީ ސްޓޭޝަންތަކާ ނޫސްތައް ބަންދުކުރުންކަމަށާ އޭގެ ފަހަތުގައި އޮތީ ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ހާމަކުރުމުގެ މަގު ބަންދުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ވައްކަމާ ކޮރަޕްޝަން ހިންގާ ނަމަ އެ ވާހަކަ ދައްކާނެ ކަމަށާ އެއީ އަބުރު ކަތިލުން ނޫން ކަމަށެވެ. އަދި އަބުރު ކަތިލަނީކަމަށް ދެކޭ ނަމަ ކޮންމެ މީހަކަށްވެސް ޖިނާއީ މައްސަލައިގެ ތެރެއިން މަދަނީ މިންގަނޑުން ބަދަލު ހޯދުމުގެ މަގު، ކޯޓުތައް މެދުވެރިކޮށް އޮންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ސަރުކާރުން މިއުޅެނީ އަބުރު ކަތިލާތީ ނޫން ކަމަށާ މިއުޅެނީ ސަރުކާރުގެ ދޯދިޔާކަން ރައްޔިތުންނަށް ހާމަވާތީ އެކަންކަން ފޮރުވަން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ހުރިހާ ބާރެއް މުލައްދަނޑިއަށް ނަންގަވައިގެން ނުހުންނަވާ ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވަން މީޑިޔާ މިނިވަންކަން މަތީ އޮތުމަށް ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved