theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
މީޑިޔާ ބިލު ފާސްކުރަނީ ނާޒިމްމެން ފަދަ މީހުންގެ މައްޗަށް ހުރި ތުހުމަތުތައް ހާމަކޮށްދޭތީ: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
31 އޯގަސްޓު 2025
މާލެ ސިޓީ

މީޑިޔާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ބޮޑު މާސިންގާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅެނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުމެން ފަދަ ބޭބޭފުޅުންގެ މައްޗަށް ހުރި ބޮޑެތި ތުހުމަތުތައް ތިލަކޮށް ރައްޔިތުންނަށް ހާމަކޮށްދޭތީ އެކަންކަން ބަންދުކުރުމަށް ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބެއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ގައުމުގެ ހުރިހާ ބާރެއް ފައިސާއިން ރައީސް މުހައްމަދު މުއިއްޒު ގަނެލިއިރުވެސް ނަފްސު ވިއްކާނުލި ނޫސްވެރިންތަކެއް އެބަ ތިބި ކަމަށާ އެ ނޫސްވެރިން ގެންދަނީ ގައުމުގައި ހިނގަމުންދާ ކަންކަން ސައްހަކަމާ އަވަސްކަމާ އެކު ރައްޔިތުންނާ ހަމައަށް ގެެންސްދެމުން ކަމަށެވެ.

އެގޮތުން ރައީސް ޑރ މުއިއްޒު އަޑީ ހުންނަވައިގެން ދައުލަތުގެ ޚަޒާނާއިންނާ ރައްޔިތުންގެ ފައިސާއިން ހޯއްދަވަމުން ގެންދަވާ ނުހައްގު ފައިސާގެ ވާހަކަ އާ ސަރުކާރުގެ ތެރޭގައި ހުރި ވައްކަމާ ކޮރަޕްޝަން ވެސް ރައްޔިތުންނާ ހަމައަށް ނޫސްވެރިން ހާމަކޮށްދެމުންގެންދާ މި ދަނޑިވަޅަކީ ލޯކަލް ކައުންސިލް އިންތިހާބުވެސް އައިސް ބޯމަތިވެފައި އޮތް ދުވަސްވަރަށް ވެފައި ކެމްޕެއިނަށް ރަށް ރަށަށް ސަރުކާރު ޓީމުތަކުން ދަތުރުކުރުމުން ރައްޔިތުން ގެންދަނީ އެ ވާހަކަތަކާ މެދު ސުވާލު އުފައްދަމުން ކަމަށެވެ.

އެހެންކަމުން އެ ވާހަކަތައް ތަކުރާރު ވިޔަ ނުދޭން އުފަން ކުރާ ބިލަކީ މީޑިޔާ ރެގިއުލޭޝަން ބިލު ކަމަށާ އޭގެ ސަބަބުން ނޫސްވެރިންގެ ގަލަން ނުހިނގާ ހުއްޓި ރައްޔިތުންގެ އަޑު ކަނޑުވާލެވޭނެ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ނޫސްވެރިން އެބަ ބުނޭ ދިމޔާތުން ފައިސާ ބަހާ ވާހަކައާ ސަރުކާރުގެ ކުންފުނިތަކުން ފައިސާތކެއް ރައީސް މުއިއްޒު އަތްޕުޅަށް އަރާ ވާހަކަވެސް. މީގެ އިތުރުން މިހާރު ރަށްރަށަށް ދަތުރުކުރާއިރު ރައްޔިތުން އެބަ އހާ އެއީ ތެދެއްހޭ. ދެން ބިލާ ގުޅޭ ގޮތުން އެންމެ ކޯފާ އިސް ކުރައްވާ ވާހަކަ ދެއްކެވީ މަޖިލީހުގެ ނައިބު ރައީސް. ނާޒިމް. ނާޒިމްގެ މައްޗަށް ވިފާގުގެ މަރުގެ މައްސަލައިގައި ތުހުމަތުތަކެއް އެބަހުރި. އެހެންވިމަ ވެދާނެތޯ މިފަދަ ވާހަކަތައް ހުއްޓުވަން ކަމަށް ބިލު ފާސްކުރަނީ؟

- ޑރ ޖަމީލު

ޑރ ޖަމީލު އިތުރަށް ވިދާޅުވި، އެ ބިލަކީ ގާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމަށާ ޕިއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގެންދަނީ ތަކުރާރުކޮށް ގާނޫނު އަސާސީއާ ޚިލާފުވަމުން ކަމަށާ އެކަމުގައި ޕީއެންސީއިން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved