theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ބްރޮޑްކޮމްގެ ރައީސާ ސަފާ / ރައްޔިތުންގެ މަޖިލިސް
ހަބަރު
މީޑިޔާ ރެގިއުލޭޓުކުރަން ބިލު ފާސްކުރި ނަމަވެސް ތަންފީޒު ނުކުރުވޭނޭ: ސަފާ
Mariyam Isaadha
މަރިޔަމް އިސާދާ
31 އޯގަސްޓު 2025
މާލެ ސިޓީ

މީޑިޔާ ރެގިއުލޭޓު ކުރުމުގެ ނަމުގެ ހުށަހަޅާފައިވާ ބިލަކީ އަވަސް އަރުވާލައިގެން ކޮންމެ ގޮތަކަށް ފާސްކުރި ނަމަވެސް ތަންފީޒުކުރުމުގައި ދިގު ރާސްތާއެއް ބޭނުންވާނެ ބިލެއް ކަމަށް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގު ވިދާޅުވެއްޖެއެވެ.

މީޑިޔާ ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަފާ ވިދާޅުވީ، މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތީ ތަންފީޒު ކުރެވޭ ގޮތަކަށް ނޫން ކަމަށާއި ރަނގަޅު ދިރާސާއެއް އަދި މަޝްވަރާކުރުމެއް ނެތި ހުށަހަޅާފައިވާ އެ ބިލަށް ތާއިދު ނުކުރާކަމަށެވެ.

އެގޮތުން މީޑީއާ ކޮންޓްރޯލް ކުރާ ބިލު ބަލާލުމަށް ލިބުނީ ދެތިން ދުވަސް ކަމާއި، މިފަދަ މުހިންމު ބިލެއް ރަނގަޅަށް ކިޔައި ދިރާސާކޮށްލުމަށް އެކަށީގެންވާ މިންވަރަށް ވަގުތު ނުލިބޭ ކަން ވެސް ފާހަގަކުރައްވާ ސަފާ ވިދާޅުވީ، މީޑިއާތައް ރެގިލޭޓް ކުރުމަށް ބިލެއް މުހިންމުކަމަށެވެ.

ނަމަވެސް މިފަދަ ބިލެއް ހެދުމުގެ ކުރިން ދިރާސާ ކުރުން މުހިއްމު ކަމަށާއި، މިހާރުގެ ސަރުކާރުން ވެސް މިކަމަށް އިސްކަންދޭ ކަމާ އަދި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާނުކޮށް، އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ހުށަހަޅާފައިވާތީ ކަންބޮޑުވާ ކަމަށް ވެސް ސަފާ ވިދާޅުވެފައިވެއެވެ.

ސަފާ ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅުމުގެ ކުރިން ޑްރާފްޓިން ޕްރޮސަސްގައި އެމްއެމްސީ މެންބަރުންނާއި، ބްރޯޑްކާސްޓިން މެންބަރުންނާ ބައްދަލު ކުރުން މުހިންމު ކަމަށެވެ. ނަމަވެސް ބްރޯޑްކޮމްއިން ވެސް މިކަމުގައި މަޝްވަރާކުރަން ތިން ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، ބިލް ޑްރާފްޓްކުރުމުގައި އެ ކޮމިޝަންގެ ހިޔާލު އެއްވެސް މިންވަރަކަށް ހޯދާފައިނުވާ ކަމަށްވެސް ކޮމިޓީގައި ސަފާ ވިދާޅުވެފައިވެއެވެ.

ސަފާ ވިދާޅުވީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އިތުރުން، ބޭރުގެ ގައުމުތަކުގައި ކަންކަންކުރާ ގޮތް ބަލައި ރަނގަޅު ދިރާސާއެއް ހެދުމަށް ބިލެއް ހުށަހެޅުމުން އެބިލު މީޑިއާއިން ވެސް ބަލައިގަންނާނެ ކަމަށެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުން ރަނގަޅު ނަތީޖާއެއް ނުނެރޭވެނޭ ކަމަށާއި، އެ ބިލުގައި ހުރި ކަންކަން ތަންފީޒު ކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފައްދާފައިވެއެވެ. އަދި މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ބްރޯޑްކޮމްގެ އެހެން މެންބަރުން ވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved