theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ފަލާޙުގެ މައްސަލައިގައި ޕީޖީގެ ލަފަޔަކަށް އެދިފައިވަނީ ޕީޖީއަށް ލަނޑެއް ދޭން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
31 އޯގަސްޓު 2025
މާލެ ސިޓީ

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ނޫސްވެރިން މަރަން ގޮވާލި މައްސަލަ ތަހުގީގުކުރުމާ މެދު ޕީޖީގެ ލަފަޔަކަށް ފުލުހުން އެދިފައިވަނި ގަސްތުގައި ޕީޖީ މަޅިއެއްގައި ބައްދަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ފަލާހު ވިޔަސް އަދި ކޮންމެ ދަރަޖައެއްގެ މީހަކު ކަމުގައި ވިޔަސް މީހަކަށް އަނިޔާވެރިވާން ގޮވާލައިފި ނަމަ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށާ އޭގައި ލަފަޔަކަށް އެދެން ޖެހޭ ޖާގައެއް ނެތް ކަމަށެވެ.

ނަމަވެސް މިފަހަރު ފަލާހުއާ މެދު މައްސަލަ ތަހުގީގުކުރިއަށް ގެންދިއުމާ މެދު ލަފަޔަކަށް އެދިފައިވަނީ ޕީޖީއަށް ލަނޑެއް ދިނުމުގެ މަގްސަދުގައި ކަމަށާ އެގޮތުން ޕީޖީއިން ފަލާހު އާ މެދު މައްސަލަ ނުބަލަން އަންގައިފި ނަމަ ދެން އަންނަ ސަރުކާރަކުން ޕީޖީއާ މެދު ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާ އަދި މިހާރު މައްސަލަ ކުރިއަށް ގެންދަން ލަފާދީފި ނަމަ މަޖިލީހުގެ އަޣްލަބިއްޔަތުން ޕީޖީ މަގާމުން ވަކި ކުރާނެ ކަމަށެވެ. އެހެންކަމުން ޕީޖީއަށް މިއަދު ހެޔޮ އެއްގޮތް ވެސް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުން އެކި މައްސަލައިގައި އެކި ގޮތަށް އަމަލުކުރަމުން ދިއުމަކީ ފުލުހުންގެ އިތުބާރު ރައްޔިތުން މެދުގައި ގެއްލިފައިވާ އެންމެ ބޮޑު ސަބަބު ކަމަށާ ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީންވެސް އެކަމަށް އިއުތިރާފުވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved