theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
ފަލާހާއި އަދުރޭއަކީ އެއް ސްކޫލަކުން ކިޔެވި ދެމީހުން، ބަހުގެ މާނަ ވެސް ބަދަލުކޮށްލަނީ އަމިއްލައަށް: ޑރ. ޖަމީލް
01 ސެޕްޓެމްބަރު 2025

މީޑިޔާ އުލުބައިންދަންޖެހޭކަމަށް އިބްރާހިމް ފަލާހު ވިދާޅުވުމަށްފަހު އޭގެ މާނަ ބަދަކުރުމުން މަޖިލިސް ރައީސް ވެސް ހަ ޑިހުތުރު ބަސް ބުނެ އެއީ އެހެން މާނައެއްގައި ބުނި އެއްޗެއްކަމަށް ނުބުނާނެކަމުގެ ޔަގީންކަމެއް މިއަދު ނެތްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ފްރޮންޓް އޮފީސް ޖަލްސާގައި އުސްތާޒް ޝާހުއާ ސުވާލުކުރައްވަމުންނެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިޔާ ކޮންޓްރޯލް ބިލަށް ބަހުސް ކުރެއްވި ދުވަހު ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މީޑިޔާތަށް އުލުބައިންދަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އުލުބެއިންދުން ދިވެހި ރަދީފުގައި މާނަކުރައްވާފައިވަނީ އަނިޔާވެރިގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމަށެވެ. ފަލާހު މީޑިޔާ އުލުބައިންދަން ގޮވާލުމާއެކު ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ފަލާހު ޖަލްސާގައި އެގޮތަށް ނޫސްވެރިން މަރަން ގޮވާލި މައްސަލަ ބަލާނެތޯ މުއިއްޒާ ސުވާލުކުރުމުން ބަލާނެކަމަށް ވިދާޅުވިނަމަވެސް އަދި އެ މައްސަލަ ބަލާފައި ނުވެއެވެ.

ނޫސްވެރިންގެ ޖަމިއްޔާއިން މައްސަލަ ފުލުހަށް ހުށަހެޅުމުން އެ މައްސަލައިގެ ލަފާ ހޯދުމަށް ޕީޖީގެ އަރިހުން ފުލުން އެދިފައިވެއެވެ.

މިއާއެކު ފަލާހު ވަނީ ޑިފެންސަށް ކުޅެން ނިކުމެފައެވެ. ބުނީ ނޫސްވެރިން މަރާ ވާހަކަ ނޫންކަމަށާއި މާނަކުރީ ބިމުން މައްޗަށް ނަގާ އަދަބު ދިނުމަށްކަމަށް ފަލާހުން ބުނެފައިވެއެވެ.

ފްރޮންޓް އޮފީސް ޖަލްސާގައި ޑރ ޖަމީލް ވަނީ ފަލާހު އަމިއްލައަށް ބަހުގެ މާނަ ފަހުން ބަދަލުކޮށްލީތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އޭރު އަބްްދުއްރަހީމް މިހާރު ފަލާހު ތަރުޖަމާކުރީތާ އުލު ބެހެއްޓުމަކީ ވަކި މާނައެއްގައި ތިމަންނަ ބުނިއެއްޗެކޭ. ހަމަ އެގޮތަށް އަބްދުއްރަހީމު ޕަބްލިކުގައި ފުލުހުންނާ ދިމާލަށް ކޮންމެވެސް އެއްޗެއް ހިއްޕަވާށޭ ވިދާޅުވީ" ޑރ. ޖަމީލް ވިދާޅުވިއެވެ.

ފަލާހު މިއަދު ތިމަންނާ ބުނީ އެހެންނޫންކަމަށް ބުނިއިރު ހަނދާނަށް އަންނަނީ މީގެ ކުރިން ޕީޕީއެމުން ކުރި މުޒާހަރާއެއްގައި އަދުގެ މަޖިލިސް ރައީސް އަބްދުއްރަހީމް ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތްކުރެއްވި މަތިންކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ މިއަދު އަދުރޭ ވެސް އެއީ ތިމަންނަ އެހެން މާނައެއްގައި ބުނި އެއްޗެއްކަމަށް ބުނާނެކަމަށެވެ.

ފަލާހާއި އަދުރޭ އަކީ އެއް ސުކޫލަކުން ގުރެޖުއޭޓުވި ބައެއްކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved