April 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އަތޮޅު ކައުންސިލްތައް އުވާލަން މުއިއްޒު ނިންމެވުމުން ބ.އަތޮޅު ކައުންސިލުން މާލޭގައި މުޒާހަރާ ކުރަން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 2, 2025, 12:45 AM
މާލެ ސިޓީ

އަތޮޅު ކައުންސިލްތައް އުވާލުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، އެކަމާ ދެކޮޅަށް، އެހެން އަތޮޅުތަކުގެ ކައުންސިލްތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

Advertisement

އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 83 ވަނަ އާންމު ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށާއި، ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ބަޔާނެއް ނެރުމަށްވެސް ނިންމާފައެވެ.

މުޢިއްޒު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނުއަސާސީ އިޞްލާޙު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހިމެނޭ ބޭކާރު ފަށަލައެއް ކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބައެއް ކަން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެއްބަސްވާނެ ކަަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަތޮޅު ކައުންސިލުތައް އުވާލުމަށް މުއިއްޒު ނިންމެވުމާއި ގުޅިގެން ގިނަ އަތޮޅު ކައުންސިލުތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved