March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފުވައްމުލަކު އެއާޕޯޓް ބަންދުކޮށް، އާރްޓީއެލް ފެރީގެ ޚިދުމަތްވެސް މެދުކެނޑިއްޖެ: ރައްޔިތުން ބޮޑު ތަކުލީފެއްގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 2, 2025, 09:38 PM
މާލެ ސިޓީ

ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ލޮރީއަށް މައްސަލަތަކެއް ދިމާވެ، އެ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އެ ރަށާ އެންމެ ކައިރިން އެއާޕޯޓެއް އޮންނަ އައްޑުއާ ދެމެދު ދަތުރު ކުރާ އާރުޓީއެލް ފެރީގެ ހިދުމަތް ވެސް ޓެކްނިކަލް މައްސަލައަކާ ހުރެ މެދުކަނޑާލާފައިވާތީ ރައްޔިތުން ބޮޑެތި ތަކުލީފުތައް އުފުލަންޖެހި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

ފްލައިޓްތަކަށް ބުރޫ އަރާ ރީޝެޑިއުލް ކުރުމުގެ ސަބަބުން  ފުވައްމުލަކާއި މާލެއާ ދެެމެދު ދަތުރު ކުރަން ތިބި ފަތުރުވެރިންނަށާއި އާންމުންނަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

މި ކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ނުފުރި ތާށިވެފައިވާ ކަމަށް އެ ރަށުން މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، އެއާޕޯޓު ބަންދުކޮށްފައި އޮތުމުގެ އިތުރުން އެ ރަށާ އެންމެ ކައިރިން އޮންނަ އައްޑުއާ ދެެމެދު ދަތުރުކުރާ އާރުޓީއެލް ފެރީގެ ހިދުމަތް ވެސް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މެދުކަނޑާލައިފަ އެވެ. ދަތުރު ކުރަން ތިބި ފަސިންޖަރުންނަށް އެހެން ގޮތެއް ސަރުކާރުން ހޯދައިނުދީ ދަތުރުތައް ކެންސަލްވެ ބޮޑު ހޭދައެއް ކުރަންޖެހުމުން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީ އިން ރަސްމީކޮށް އެއްވެސް މައުލޫމާތެއް އާންމުކޮށްފައިނުވެއެވެ. އަދި ދަތުރުތައް ފަށާނެ ދުވަހެއް ނުވަތަ ވަގުތެއްވެސް ޓިކެޓް ނެންގެވި ފަރާތްތަކަށް ހިއްސާކޮށްފައިނުވެއެވެ.

މިފަދަ މައްސަލަތައް ދިމާވުމުން އެކަން ހައްލުކޮށް ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން ކުންފުނިތަކުންނާއި ސަރުކާރުގެ ނެތް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved